ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ އާސަންދައިގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުން، މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އަންނަ މަހުން ފެށިގެން އާސަންދައިގެ ފުލް ކަވަރޭޖު ދިނުން ހުއްޓާލަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮތް އުސޫލުން އެންމެ މުއްސަނދި ފަރާތްތަކާއި އާދައިގެ ހާލަތުގައި އުޅޭ މީހުންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ހިލޭ ބޭސްފަރުވާ ލިބެމުންދިއުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ފަންނީ މާހިރުން ގަބޫލުނުކުރައްވައެވެ.
މި ގެންނަ ބަދަލާއެކީ ކުރިއަށް އޮތް ތަނުގައި 60،000 ރުފިޔާއިން މަތިން މުސާރަ ލިބޭ ފަރާތްތަކުން އާސަންދަ ބޭނުންކުރަން ޖެހޭނީ “ކޯ-ޕޭ” ނުވަތަ “ޕްރީ-ޕޭ” ނިޒާމެއްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅުއްވާ މިފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކޮންމެ އަހަރަކުވެސް 287 މިލިއަން ރުފިޔާ ސަލާމަތްކުރެވި، އެ ފައިސާ ރައްޔިތުންގެ އެހެނިހެން ބޭނުންތަކަށް ޚަރަދުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...