ބިލްތަކަށް ފައިސާ ނުދައްކާތީ އެފްއޭއެމް ހައުސް އިން ކަރަންޓު ކަނޑާލައިފި
ސްޓެލްކޯ އަށް ދައްކަން ޖެހޭ ކަރަންޓު ބިލު ނުދައްކައިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސް އިން ކަރަންޓު ކަނޑާލައިފި އެވެ.
ސްޓެލްކޯ އިން ސޯޝަލް މީޑިއާގައި މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުގައި އެފްއޭއެމް ހައުސްގެ ކަރަންޓު ބިލުގެ ގޮތުގައި ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ. އަދި މީގެ ކުރިން އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ސްޓެލްކޯ އިން އެފްއޭއެމް އަށް ގިނަ ފުުރުސަތުތަކެއް ދީފައިވާ ކަަމަށާއި ނަމަވެސް މިހާތަނަށް އެކަންވެސް ކޮށްފައިނުވާ ކަމަށް ބުނެފައިވެ އެވެ.
މިއަދު ކަރަންޓު ކަނޑާލައިފައިވަނީ އެފްއޭއެމް ހައުސް އިން ކަމަށާއި މި ފައިސާ ނުދައްކާނަމަ އެފްއޭއެމްގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓު ކަނޑާލުމަށް ވިސްނަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ގޮތުގައި މި މައްސަލައިގައި ވަރަށް އަވަހަށް އެ އިދާރާއިން ނޫސް ބަޔާނެއް ނެރޭނެ ކަމަށެވެ.
