ޚަބަރު

މަންދުކޮލެޖް ކުރިމަތީގައި ގިނަޢަދަދެއްގެ ޒުވާނުން މުޒާހަރާކުރަނީ

އިސްލާމްދީނަށާއި، ކީރިތި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންދާތީ އެކަން ކުށްވެރިކޮށް ގިނަޢަދަދެއްގެ ޒުވާނުން މަންދުކޮލެޖް ކުރިމަތީގައި މިހާރު މުޒާހަރާ ކުރަމުން އެބަދެއެވެ.

ރައްދެބައި މަގާއި ހިސާބުން މަޖީދީ މަގުގައި ހުންނަ އިބްރާގެ މަންދުކޮލެޖްގެ ކުރިމަތީގައި ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ އިބްރާ ހައްޔަރުކުރުމަށް ގޮވާލާ އަޑުއުފުލަމުންދާއިރު އެތަނަށް ވަނީ އެސްއޯ ފުލުހުންނާއި، ގިނަޢަދަދަކަށް އާދައިގެފުލުހުންވެސް މިހާރު ހާޒިރުވެފައެވެ. ނަމަވެސް ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު މާބޮޑު ހަމަނުޖެހުމަކަށް އަދި ނުދެއެވެ.

ދުއްވާ އެއްޗިއްސަށާއި، ހިނގާމީހުނަށް އުނަދަގޫވާކަމަށް ބުނެ ފުލުހުންދަނީ މުޒާހަރާގެ ބައިވެރިންނަށް އެކަން ހުއްޓާލުމަށް ނަސޭހަތްތެރިވަމުންނެވެ. އެހެންނަމަވެސް އެހީސާބަށް އެއްވާ މީހުން ހައްތަހާ ދަނީ އިތުރުވަމުންނެވެ.

މަންދު ކޮލެޖަކީ ލާދީނީ އެތަކެއް ވާހަކަތަކެއް ދައްކަމުން އަންނަ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ހިންގަމުން އަންނަ ކޮލެޖެކެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ އިބުރާ ހައްޔަރު ކުރުމަށެވެ. އަދި މަންދު ކޮލެޖު ބަންދު ކުރުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވަމުން ދެއެވެ.

އެއް ކޮމެންޓް

  1. ފޮޓޯތަކުން ފެންނަޒުވާނުންނަކީ އަދި ދީނީ ޖަމީއާތައް ހަދައިގެން ދީނީ ހޭލުންތެރިކަމުގެ މަސައްކަތުގައި އުޅޭ ކުދިންކަމަކައް ނުފެނޭ.. ބޮޑައް ލަފާ ކުރެވެނީ ބައިބަލާ ކުޅެން ނުވަތަ ސުޕޯޓުސް ގުރޫޕްހަދައިގެން އުޅޭ ކުދީންނާއި. އެކަމަކު އެކުދީން ކޮންމެ ނިޔަތެއްގައި ކުރިޔަސް މިފެންނަނީ ބޭނުންވާ ކަން. ހިތާމައަކީ ދީނީ ޝިއާރުމަތީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި އުޅޭ ކުދީންކޮޅައް ރަސޫލާއައް ނަސްރުދޭން ނިކުއްނަން ޖެހޭ ގިނަމީހުން ނުފެންނަކަން. ރާއްޖޭގައި މި ދީނީ ނަސޭހަތްދޭން އުޅޭ ޝޭހުންގެ އެކަކުވެސް ނުފެނޭ.. އަދި ހިތައް އަރާ މިމީހުން ރަސޫލާއައް ފުރައްސާރަ ކުރިމީހަކާއި ދެކޮޅައް އިހުތިޖާޖައް ނިކުންނަތަން ނުފެނިގެން މިއުޅެނީ އެބައި މީހުން އަމިއްލައައް ދަރުސްތަކުގައި ރަސޫލާއައް ނަސްރުދިނުމާއި ގުޅޭގޮތުން ދެއްކި ވާހަކަތައް އަމިއްލައަައް ގަބޫލު ނުކުރަނީ ބާއޭވެސް.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close