ޚަބަރު

ދަރިން ތަކެއް ހަލާކު ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ: ޝެއިޚް ސަމީރު

ދަރިން ސްކޫލަށް ފޮނުވަނީ އެކުދިން ލައްވައި މިޔުޒިކާއި ނާޗަރަންގީ ކުޅުވައި އެމަގުން ކުރިޔަށްދާން ދަސްކޮށްދޭކަށް ނޫންކަމަށާއި، ދަރިން ތަކެއް ހަލާކު ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

އުކުޅަހު ސުކޫލު ޕްރީސުކޫލް ދަރިވަރުން މިއުޒިކާއި އެކު ނަށުވަން ދެކޮޅު ހެދި ތިން ޓީޗަރުން ސަސްޕެންޑްކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޝެއިޚް ސަމީރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ދަރިން ސްކޫލަށް ފޮނުވަނީ އިސްލާމީ ތަޢުލީމާއި ތަރުބިޔަތު ދޭން ކަމަށެވެ.

“ސްކޫލަށް ފޮނުވަނީ އެކުދިން ލައްވައި މިޔުޒިކާއި ނާޗަރަންގީ ކުޅުވައި އެމަގުން ކުރިޔަށްދާން ދަސްކޮށްދޭކަށް ނޫން!މި މަގުން ދަރިން ތަކެއް ހަލާކު ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ!” ޝެއިޚް ސަމީރު ވިދާޅުުވިއެވެ.

މިއާއެކު ޝެއިޚް ސަމީރު ވަނީ ކުދިންނާމެދު ހެއްދެވި ފަރާތަށް ބިރުވެތި ވުމަށް ތަޢުލީމީ ދާއިރާގެ އެންމެހައި ބޭފުޅުންނަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.

އުކުޅަހު ސުކޫލު އެ ތިން ޓީޗަރުން ސަސްޕެންޑް ކޮށްފައި ވަނީ، އެ ކުލާސް ތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސާޓެއްގައި މިއުޒިކާއި އެކު ދަރިވަރުން ނެށުވުމަށް އިންކާރު ކުރުމާއި ގުޅިގެން އެ ޓީޗަރުންނަށް އެކި ފަހަރު މަތިން އިންޒާރުވެސް ދިނުމަށްފަހުގައެވެ.

އަދި މިއުޒިކާއި ނުލައި ދަރިވަރުން ލައްވައި ނަށުވަން ތައްޔާރު ކަން ޓީޗަރުން ބުނަމުން ދިޔައިރުވެސް ޕްރިންސިޕަލް ވަނީ މިއުޒިކާއި އެކު އެ ކޮންސާޓުގެ ނެށުން ކުރިއަށް ގެންދިޔުން ނޫން އިތުރު “ޗޮއިސް” އެއް ޓީޗަރުން ނަށް ނެތް ކަމަށާއި، އެއީ ކަރިކިއުލަމް ގައިވެސް ބުނެފައިވާ ގޮތް ކަމަށާ، އެގޮތަށް ޢަމަލު ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންނެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close