ޚަބަރު

ދީފާނެ އަނިޔާ އަކަށް ވިސްނައިގެން ޙައްޤުބަސް ނުބުނެ ހަނުހުރުމަކީ ކުރެވޭނެ ކަމެއް ނޫން – ޑރ.އިޔާޒް

ދީފާނެ އަނިޔާ އަކަށް ވިސްނައިގެން ޙައްޤުބަސް ނުބުނެ ހަނުހުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމުގައި ދީނީ ޢިލްމްވެރިޔާ ޑރ.މުޙައްމަދު އިޔާޒް ޢަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކު މީހުން ކިޔާފާނެ އެއްޗަކަށް, ކޮށްފާނެ ޖެއްސުމަކަށް, ދީފާނެ އަނިޔާ އަކަށް ވިސްނައިގެން ޙައްޤުބަސް ނުބުނެ ހަނުހުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ޙައްޤުގެ މަގުގައި ޢިލްމުވެރިންނާއި ރަޢްޔިތުން ޘާބިތުކޮށްދެއްވުމަށް އެދި ދުޢާވެސް އެޓްވީޓްގައި ކުރައްވާފައިވެއެވެ.  

މިފަދަ ވާހަކަފުޅެއް ޑރ.އިޔާޒް ވިދާޅުވިއިރު ، ޑރ.އިޔާޒު އަކީ މިހާރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް އަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި މިހާރުގެ ސަރުކާރުން ހިންގާ ނުރަނގަޅު އިސްލާމް ދީނާއި ބީރަށްޓެހި ކަންކަން އެއީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ކުރައްވާ ކަންކަން ކަމަށް އަބަދުވެސް އިޔާޒު ވިދާޅުވެއެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަޤާމުގައި ހުންނެވި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.އިޔާޒް އަބްދުލް ލަތީފް އެމަޤާމުން ވަކިކޮށްފައިވަނީ ވަކިކޮށްފައިވަނީ ވެސް މިސަރުކާރުން ކަން ފާހަގަ ކޮށްލެވެއެވެ.

އެއް ކޮމެންޓް

  1. ސަރުކާރުގެ ތެރެއިން ބޮޑެތި ޚިޔާނާތްތަކާއި ވައްކަމާއި އިސްލާމް ދީނަށް ފުރައްސާރަކުރުން އިންތިހާއަށް ދިޔައިރުވެސް އިޔާޟްމެންކަހަލަ ދީނީ އިލްމުވެރިން މިލާދީނީ ސަރުކާރުގެ ދިފާއުގައި ތެދުވެ ވާހަކަދެއްކުމަކީ ވަރަށް ހަޑިހުތުރު މުޑުދާރު ކަމެއްގެގޮތުގައި އަޅުގަނޑު ދެކެމެވެ.

  2. ހައްގުބަސް ބުނުމަނީ އިސްލާދީނަށް ހަޖޫޖަހާ ރަސޫލާއަށް ފުރައްސާރަކުރާއިރު ޢިލްމުވެރިން ހަނުތިބުންތޯ? ނުވަތަ ހައްގު ބަހޭކިޔާފައި ސަރުކާރު ދިފާއުކުރަން ތެދުވުންތޯ?

  3. ޑރ އިޔާޒް އަށް ޙައްގު ބަހަކީ އިމްރާނު ރުހޭގޮތެއް. އިމްރާނު މިސަރުކާރަށް މަރުދޭތީ އޭނާގެ އާއި އޭނާގެ ބަޔަކަށް މި ލާދީނީ ސަރުކާރުން ވަޒީފާދީ ބޮޑުކޮށްފައިވާތީ އަދި ކުރެވޭ ޚިޔާނާތުން ބައިއެޅިފައިވާތީ ކުރެވޭނެކަމެއްނެތް. ޓުވިޓެއްކޮށް އެހެން މީހުންގެ އަބުރު ކަތިލުން ޑރ. އިޔާޒަށް ކުރެވޭ ޙައްގުކަންތަށް؟ އަދި ޖެއްސުންކޮށް ބުނާ ޙީލަތްތެރި ބަސްތަށް؟ އެއީ ޙައްގު. މިއީ 2012 އެއް ނޫނެވެ. މިއީ 2021 ކަންވެސް ޑރ. އިޔާޒަކަށް ނޭގެއެވެ. ﷲ އިސްމުފުޅުން ފަށްޓަވައި ދޮގު ބުހުތާން ހަދާ މީހާ އަށް ތާއިދު ކޮށް އެވަރެއްނެތިގެން އުޅެނީ ޙައްގުގޮތުގައި އުޅެންތޯއެވެ.؟ ބޯސަކަރާތް މީހުންގެ ތެރޭގައި އިޔާޒް ހިމެނިދާނެ ކަމާއިމެދު ދެރަވަމެވެ.

  4. ޙައްގު ބަސްނުބުނޭ ޒާތީވެގެން ޝައިޠާނީ ވާހަކަ ދައްކާތީ ތިކަހަލަ ވަސްވާސް ހިތަށް ވަންނަނީ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close