ޚަބަރު ޤައުމު ބިނާކުރުމުގެ އެންމެ ބޮޑު ޙިއްޞާއެއް އަދާކުރަނީ އަންހެނުން: ފަސްޓް ލޭޑީ

ޤައުމު ބިނާކުރުމުގެ އެންމެ ބޮޑު ޙިއްޞާއެއް އަދާކުރަނީ އަންހެނުން: ފަސްޓް ލޭޑީ

ޤައުމު ބިނާކުރުމުގެ އެންމެ ބޮޑު ޙިއްޞާއެއް އަދާކުރަނީ އަންހެނުން: ފަސްޓް ލޭޑީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤައުމެއް އާރާސްތުކޮށް، ތަރައްޤީގެ މަގުގައި ކުރިއަށްގެންދިއުމުގައި އެންމެ ބޮޑު ހިތްމަތަކާއި މިންނަތެއް ކުރަނީ އެ ޤައުމެއްގެ އަންހެނުން ކަމަށާއި، އަންހެނުންނަކީ މުޅި ޤައުމީ ވިންދު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ދައުރާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ފާހަގަކުރެއްވީ، މުޖުތަމަޢު ބިނާކުރުމާއި އާއިލާތަކުގެ ބަދަހިކަން ދެމެހެއްޓުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރެވެ. އަދި ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމުގައި އަންހެނުންގެ ޖޯޝާއި ޤާބިލުކަން ހާމަނުވާ އެއްވެސް ދާއިރާއެއް ނެތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އަންހެނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެކަނބަލުންނަށް ފުރިހަމަ ފުރުޞަތުތައް ހޯދައިދިނުމަކީ ޤައުމީ ތަރައްޤީއަށް ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓް ކަމަށްވެސް ފަސްޓް ލޭޑީގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ޓެގް

މެޑަމް ސާޖިދާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.