ޚަބަރު އަންހެން ކުދިން މުސްތަޤްބަލުގެ ލީޑަރުންނަށް ހެދުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އަންހެން ކުދިން މުސްތަޤްބަލުގެ ލީޑަރުންނަށް ހެދުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އަންހެން ކުދިން މުސްތަޤްބަލުގެ ލީޑަރުންނަށް ހެދުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންހެން ކުދިންނާއި ޒުވާން އަންހެނުންނަކީ މުސްތަޤްބަލުގައި ޤައުމު ހިންގަން ތިބޭ ލީޑަރުންނަށް ވުމުގެ މަގު ސަރުކާރުން ތަނަވަސްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ފެންވަރުގައި އަންހެން ކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ބައިވެރިވާނެއެވެ. އަދި އެކުދިންގެ ކިބައިގައިވާ ޤާބިލުކަން އެންމެ ފުރިހަމައަށް ބޭނުންކޮށް، ރައްކާތެރި މާޙައުލެއްގެ ތެރެއިން ޤައުމީ ތަރައްޤީގައި މާނަހުރި ދައުރެއް އަދާކުރެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަމާޒަށް ވާޞިލުވުމަށްޓަކައި ޢާއިލާތަކާއި މުއައްސަސާތައް ހިމެނޭހެން މުޅި މުޖުތަމަޢުގެ އެއްބާރުލުން ނުހަނު ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަންހެން ދަރިން ބާރުވެރިކުރުވުމަކީ އެންމެންގެ ހަމަހަމަކަން ކަށަވަރުވެފައިވާ ފާގަތި މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި މިއަދު ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.