ޚަބަރު މަޖިލީހުގެ ނުނިމި ހުރި މުހިންމު ބިލުތައް ނިންމުމަށްޓަކައި، މި ދައުރު އަންނަ މަހުގެ 15އަށް އިތުރުކުރަން ފާސްކޮށްފި

މަޖިލީހުގެ ނުނިމި ހުރި މުހިންމު ބިލުތައް ނިންމުމަށްޓަކައި، މި ދައުރު އަންނަ މަހުގެ 15އަށް އިތުރުކުރަން ފާސްކޮށްފި

މަޖިލީހުގެ ނުނިމި ހުރި މުހިންމު ބިލުތައް ނިންމުމަށްޓަކައި، މި ދައުރު އަންނަ މަހުގެ 15އަށް އިތުރުކުރަން ފާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ނުނިމި ހުރި މުހިންމު ބިލުތަކާއި މަސައްކަތްތައް ނިންމުމަށްޓަކައި، ހިނގަމުންމިދާ ދައުރު އަންނަ ޑިސެންބަރު މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ދިގުދަންމާލުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ދައުރު އިތުރުކުރުމަށް ނިންމާފައިވަނީ މިއަދު ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން ދައުރު ދިގުދަންމާލުމަށް ފެންނަކަމަށް 42 މެންބަރުން ވޯޓު ދެއްވިއިރު، އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 11 މެންބަރުންނެވެ.

މި ނިންމުމާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ބުނާގޮތުން އަހަރުގެ ފަހު ދައުރު ނިމެންޖެހޭނީ ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް މި ދައުރުގެ ތެރޭގައި ކޮންމެހެން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް އަދިވެސް ނުނިމި ހުރުމުން، ދައުރުގެ މުއްދަތު އިތުރުކުރަން ޖެހުނީކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި މިވަގުތު ނުނިމި ހުރި މުހިންމު ބިލުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ވިޔަފާރިއާ ގުޅޭ ބިލާއި، ކޯޓުތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ފަދަ މުހިންމު ޤާނޫނީ މަސައްކަތްތައް ހިމެނެއެވެ.

މީގެ ކުރިންވެސް މަޖިލީހުގައި މުހިންމު މަސައްކަތްތައް ނުނިމި ހުންނަ ހާލަތްތަކުގައި ދައުރުގެ މުއްދަތު ދިގުދަންމާލައެވެ. އެގޮތުން، ހިނގަމުންމިދާ އަހަރުގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރުގެ މަސައްކަތްތައްވެސް ނިންމާލާފައިވަނީ ދައުރުގެ މުއްދަތު އިތުރުކޮށްގެންނެވެ.

ޓެގް

މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.