ދީން މީހުންނަށް ފުރައްސާރަ ކުރުމަކީ އެމީހުންގެ ނަފްސަށް ދެވޭ އަނިޔާއެއް: ޚުތުބާ

މީހުންނަށް ފުރައްސާރަ ކުރުމަކީ އެމީހުންގެ ނަފްސަށް ދެވޭ އަނިޔާއެއް: ޚުތުބާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


މީހުންނަށް ފުރައްސާރަ ކުރުމަކީ އެމީހުންގެ ނަފްސަށް ދެވޭ އަނިޔާއެއް ކަމަށާއި، އިންސާނާގެ ކަރާމަތަށް އުނިކަން ލިބިދާނެ ކަންކަމުން އޭނާގެ ނަފުސު ސަމާލަތްކޮށް ރައްކާތެރި ކުރުމަށް އިސްލާމް ދީން ވަނީ ބާރު އަޅުއްވާފައި ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

އަމިއްލަ ނަފްސު އިސްލާހުކުރަން އިސްކަން ދޭށެވެ.! މިމައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުތުބާގައި ބަޔާން ކޮށްފައިވާ ގޮތުގައި އެހެން މީހުންގެ ކުށްތަކާއި، ޢައިބުތަކާއި އުނި ސިފަތައް ހޯދައި ކަޝްފުކުރުން އިސްލާމް ދީނުގައި ވަނީ މަނާ ކުރައްވާފައެވެ.

ސަބަބަކީ އެއީ އިންސާނާގެ ދުނިޔެއާއި އާޚިރަތް ފަސާދަކުރާ ބަލިމަޑުކަމަކަށް ވުމެވެ. އެހެނީ، މިފަދަ މީހުންނަށް، ތިމާމެންގެ އުނި ސިފަތަކެއް ނުފެނެއެވެ. އަބަދުމެ ފެންނަނީ އަނެކުންގެ އުނި ސިފަތަކެވެ.

ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ޚުތުބާގައި ވިދާޅުވި ގޮތުގައި، މިއަދުގެ ހާލަތަށް ބަލާއިރު ބައެއް މީހުންގެ މަސައްކަތަކީ އަބަދުމެ، މީސްތަކުންގެ އުނި ސިފަތައް ހޯދާ، ސޯޝަލް މީޑިއާގައި އެކަންކަން ހާމަ ކުރުމެވެ. އަދި ބައެއް ފަހަރަށް އެމީހުން މީސްތަކުންނަށް މަލާމާތް ކުރަނީ މީސްތަކުންގެ ޙާލަތާއި ސިފައާއި ބެހޭގޮތުން، އެނެއްބައި ފަހަރަށް މަލާމާތްކޮށް ނެތި މޮށެނީ މީހުންގެ ޙަސަބާއި ނަބާއި ބެހޭގޮތުންކަން ބަޔާން ކުރައްވަމުން ޚުޡުބާގައި ވިދާޅުވެފައިވާ ގޮތުގައި އެފަދަ މީހުން ދެކޭ ގޮތުގައި އެމީހުންނަކީ އެއްވެސް އުނި ސިފައެއް ނެތް ފުރިހަަމަ ބައެކެވެ. އެހެންނަމަވެސް އެމީހުންނަކީ އުނި ބައެއްކަމުގައި ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި ވިދާޅުވެފައިވާ ގޮތުގައި އަނިޔާވެރިކަމަކީ ތަފާތު ސިފަ ސިފާގައިވާ ކަމެކެވެ. އޭގެ ތެރޭގައި އަމަލުން ކުރާ އަނިޔާއާއި، ބަހުން ކުރާ އަނިޔާއާއި، ނަފްސާނީ ގޮތުން ކުރާ އަނިޔާ ވެއެވެ. މިގޮތުން އަމަލުން ކުރާ އަނިޔާގެ ތެރޭގައި މީހުންގެ ނަފްސަށާއި، އަބުރަށާއި މުދަލަށާއި، އަދި އެހެން މީހުންގެ ހައްގުތަކަށް އަރައިގަތުން ވާކަމަށް ބަޔާން ކުރައްވާފައި ވެއެވެ.

އޭގެ އިތުރުން މީހުންނަށް ފުރައްސާރަ ކުރުމަކީ އެމީހުންގެ ނަފްސަށް ދެވޭ އަނިޔާއެއްކަން ބަޔާން ކުރައްވަމުން، ޚުޡުބާގައި ވިދާޅުވެފައިވަނީ މުޖުތަމަޢުގައި އެއްބައިވަންތަކަމާއި އެކުވެރުކަން ގާއިމް ކުރުމަށް ދުލަކީ ވަރަށް މުހިންމު ވަސީލަތެކެވެ.

ދުލުން ގޯނާ ކުރުމާއި ދުރުހެލިވުމުގެ މާނައަކީ، ނެތި މޮށުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމާއި، ދެބަ އޮޑުވުންފަދަ ކަންކަމުން ދުރުހެލި ވުމެވެ. ހަޑިހުރު ބަސްތަކުން އަނެކުންނާ މުޚާތަބު ކުރުމާއި ދުރުހެލި ވުމެވެ. ތިމާގެ ދުލުން އެހެންމީހުންގެ ހައްގުތަކަށް އަރައިގަތުމާ ދުރުހެލި ވުމެވެ. މީސްތަކުންގެ ހަގުތައް ނިގުޅައިގަތުމުން އެއްކިބާ ވުމެވެ. އެހެން މީހުންނަށް އަނިޔާވެރި ވުމުގައި ތިމާގެ ދުލުން އެއްވެސް މީހަކަށް އެހީތެރި ނުވުމެވެ.

ޓެގް

ޚުޠުބާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.