ޚަބަރު މަރްޙޫމާ ނަޒާހަތަށް ޝަހީދެއްގެ ދަރަޖަ ދެއްވާށި: ރައީސް މުޢިއްޒު

މަރްޙޫމާ ނަޒާހަތަށް ޝަހީދެއްގެ ދަރަޖަ ދެއްވާށި: ރައީސް މުޢިއްޒު

މަރްޙޫމާ ނަޒާހަތަށް ޝަހީދެއްގެ ދަރަޖަ ދެއްވާށި: ރައީސް މުޢިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީގައި ވިހެއުމުގެ ތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެ، ޒުވާން އަންހެން ބޭކަނބަލެއް ނިޔާވުމާ ގުޅިގެން ފުން ހިތާމަ ފާޅުކުރައްވައިފިއެވެ. މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސް ވަނީ، އައްޑޫ ސިޓީ ކައުންސިލްގައި ޚިދުމަތް ކުރައްވަމުން ގެންދެވި މަރްޙޫމާ ޢާއިޝަތު ނަޒާހަތު އަޙްމަދަށް ޝަހީދެއްގެ ދަރަޖަ މާތްﷲ ދެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފައެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ، މިއަދު އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ، ވިހެއުމުގެ ތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެ، އައްޑޫ ސިޓީގައި ޒުވާން އަންހެން ބޭކަނބަލަކު ނިޔާވުމަކީ، ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް އެމަނިކުފާނަށް ކުރުވި ކަމެއް ކަމަށެވެ.

މަރްޙޫމާ ޢާއިޝަތު ނަޒާހަތު އަޙްމަދަށް ޝަހީދެއްގެ ދަރަޖަ މާތްﷲގެ ޙަޟްރަތުގައި ދެއްވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި ލެއްވުން އެދި ރައީސް ވަނީ ދުޢާކުރައްވާފައެވެ. އަދި އުފަންވި ތުއްތު ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވާ، މަރްޙޫމާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދިވަޑައިގެންނެވިއެވެ. އާމީން.

ޓެގް

މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.