ކުޅިވަރު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެ

ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެ

ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި ރޭ ލިވަޕޫލް އަތުން 4-0 އިން ބަލިވެއްޖެ އެވެ. 

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާ ދާދި ފަހުން އަލަށް ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗު، ފެށުނުތާ މާ ގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑަށް ވަނީ ބޮޑު މައްސަލައަކާ ކުރިމަތިވެފައެވެ.

މެޗުގެ 8 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ލެނީ ޔޯރޯއަށް ރެފްރީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާ އެކު، މުޅި މެޗުގެ ކޮންޓްރޯލް ލިވަޕޫލްގެ އަތްމައްޗަށް ދިޔައެވެ.

އޭގެ ދެ މިނިޓު ފަހުން، މެޗުގެ 10 ވަނަ މިނިޓުގައި އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ޑޮމިނިކް ސޮބޮޒްލާއީ ވަނީ ލިވަޕޫލްއަށް ލީޑު ނަގައިދީފައެވެ.

ލިވަޕޫލްގެ ލީޑު އިތުރަށް ފުޅާކުރީ އެ ލަނޑު ޖެހިތާ ތިން މިނިޓު ފަހުން ފްލޯރިއަން ވާޓްޒް ކާމިޔާބުކުރި ލަނޑުންނެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ލިވަޕޫލްގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށްދިޔައިރު، 66 ވަނަ މިނިޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރިއޯ އެންގުމޯހާއެވެ.

މެޗު ނިމެން އަށް މިނިޓަށް ވެފައިވަނިކޮށް ވިކްޓަރ މުނޯޒް އިތުރު ލަނޑެއް ކާމިޔާބުކުރުމާ އެކު، މެޗުގެ ނަތީޖާ 4-0 އަށް ބަދަލުވެގެން ދިޔައެވެ.

މި މޮޅާއެކު ލީގުގައި ކުޅުނު 11 މެޗުން ލިބުނު 21 ޕޮއިންޓާއެކު ލިވަޕޫލް މިހާރު އޮތީ ތާވަލުގެ ހަތަރުވަނަ މަގާމުގައެވެ.

އަނެއްކޮޅުން، 11 މެޗުން ލިބުނު 8 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ރެލިގޭޝަން ޒޯނުގައި ތާވަލުގެ 19 ވަނައިގައެވެ.

ޓެގް

ޕްރިމިއަރލީގް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.