ޚަބަރުސިޔާސީ

ރައީސް ޔާމީން ވަކިވާކަން އިޢުލާންކޮށްފައި ވަނިކޮށް މާދަމާ ރޭ ޕީޕީއެމް ސެނެޓް ބައްދަލުވަނީ

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްފާޟިލް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ޕީޕީއެމް އިން ވަކިވެ ވަޑައިގެން އެހެން ޕާރޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަން ރޭގެ ވަގުތެއްގައި އިޢުލާނުކޮށްފައި ވަނިކޮށް މާދަމާރެއަށް ޕީޕީއެމް ސެޓްގެ ބައްދަލުވުމެއް ތާވަލުކޮށް ބައްދަލުވުމުގެ ދަޢުވަތު ސެނެޓް މެމްބަރުންނަށް ފޮނުވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާރެއަށް ތާވަލުކުރެވިފައިވާ ޕީޕީއެމްގެ ސެނެޓް ބައްދަލުވުމުގައި މައިގަނޑު ކަމަކަށް އޮތީ އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި މެދު ގޮތް ނިންމުމެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މަޖިލިސް އިންތިހާބާއި ގުޅޭގޮތުން ކުރިން ބުނެފައިވަނީ މަޖިލިސް އިންތިހާބަށް ވާދަ ކުރާ ކެނޑިޑޭޓުން ނެރޭނީ ޕީޕީއެމް/ޕީއެންސީ ގުޅިގެން ކަމަށެވެ. އަދި އެއިންތިހާބުގައި ކޯލިޝަންގެ ފަރާތުން ވާދަ ކުރާ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ވެސް ވަނީ ނިންފާފައެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެނެޓް ބައްދަލުވުމެއް މާދަމާރެއަށް ތާވަލުކުރެވިފައިވާ އިރު އެޕާޓީގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ. އެމަނިކުފާނުގެ ޤާނޫނީ ވަކީލް، ޑރ. ޖަމީލް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އެ ނިންމުމަކީ ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން އެމަނިކުފާނު އެކަހެރި ކުރެއްވުމާއި ގުޅިގެން ނިންމަވާފައިވާ ނިންމެވުމެކެވެ.

ރައީސް ޔާމީނުގެ މި ނިންމެވުމާއިއެކު ޕީޕީއެމް ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނާއި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާޢިދުކުރައްވާ ފަރާތްތަކުން އަންނަނީ ފާޅުގައި ޑރ. މުއިއްޒުގެ ދިފާޢުގައި ވާހަކަ ދައްކަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close