ޚަބަރު ގްރޭޑް- 10 ގެ މޮކް ޓެސްޓް ފެބުރުއަރީ 25 ގައި ފެށުމަށް އަންގައިފި

ގްރޭޑް- 10 ގެ މޮކް ޓެސްޓް ފެބުރުއަރީ 25 ގައި ފެށުމަށް އަންގައިފި

ގްރޭޑް- 10 ގެ މޮކް ޓެސްޓް ފެބުރުއަރީ 25 ގައި ފެށުމަށް އަންގައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ އެކަޑަމިކް ކަލަންޑަރުގައި 17 މާރޗުގައި ފެށުމަށް ތާވަލުކުރެވިފައިވާ ގްރޭޑް 10ގެ ދަރިވަރުންނަށް މޮކް އިމްތިޙާނުގެ ގޮތުގައި ނެގޭ 2 ވަނަ ޓާމް އިމްތިހާން ފެބުރުއަރީ މަހުގެ 25 ގައި ފެށުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ސްކޫލްތަކަށް އަންގަވައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ސްކޫލްތަކަށް ފޮނުވާފައިވާ ސަރކިއުލާއެއްގައި ވަނީ މިގޮތަށް ގްރޭޑް- 10 ގެ މޮކް އިމްތިހާން އަވަސްކުރަން ޖެހުނީ ރޯދައިގެ ކުރިން މިއިމްތިހާން ނެގުމަށް ގިނަ ސްކޫލްތަކަކުން އެދިފައިވާތީ ކަމަށެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ރާއްޖޭގެ ހުރިހާ ސްކޫލަތަކަކަށް ފޮނުވާފައިވާ ސާރކިޔުލާރގައި ވަނީ  ގްރޭޑް- 10 ގެ މޮކް އެގްޒާމް ނުވަތަ 2 ވަނަ ޓާރމުގެ އިމްތިހާނު އަންނަ އަހަރުގެ ފެބްރުއަރީ 25 އާއި މާޗު 14 އާ ދެމެދު ބާއްވާ ނިންމަން ޖެހޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ރޯދަމަސް ފެށޭނީ އަންނަ އަހަރުގެ މާރޗުމަހުގެ 11 ވަނަ ދުވަހުއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ތަޢުލީމީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ދިރާސީ އަހަރުގެ ފެށުން އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމާއި ގުޅޭ މަޝްވަރާތައް މިހާރު ފަށްޓަވާފައިވާ ކަމަށް އެމިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ. ނަމަވެސް މިކަން ތަންފީޒުކުރަން ފަށާނެ ވަކި އަހަރެއް އަދި ކަނޑައަޅުއްވާފައި ނުވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މީގެއިތުރުން ސްކޫލްތަކުން އިތުރު ހަރަކާތްތައް ބާއްވާއިރު ކިޔެވުމުގެ ވަގުތު ނުގެއްލޭގޮތައް އެކަންކަން ރޭވުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގަވާފައެވެ.

އަދި މީގެ އިތުރުން ސްކޫލުތަކުގެ އެއްވެސް ތަނެއްގައި އިސްލާމް ދީނާއި ޚިލާފް ފޮތެއް ނުވަތަ ލިޔުމެއް އޮތްތޯ ބަލާ ޗެކުކޮށް އެފަދަ އެއްވެސް ލިޔުމެއް އޮތްނަމަ ނައްތާލުމަށްވަނީ ސާރކިއުލާރއަކުން ސްކޫލުތަކަށް އަންގާފައެވެ.

ޓެގް

އެޑިޔުކޭޝަން މިނިސްޓްރީ ތަޢުލީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.