ޓެކްނޮލޮޖީ

އެޕަލް އާއި ޓްވިޓާ ކޯލިޝަން އެއްބަސްވުމެއްގައި

އެޕަލް އާއި އީލޮން މަސްކްގެ ޓްވިޓާ މިހާރު އޮތީ ކޯލިޝަން އެއްބަސްވުމެއްގެ މަގުމަތީގައި ކަމުގައި ރިޕޯޓްތައް ބުނެފިއެވެ.
އެލޮން މާސްކް ވަނީ މިދިޔަ މަހު ސޯޝަލް ނެޓްވޯކް ޓްވިޓާ އާއި ހަވާލުވި ފަހުން ޓްވިޓާއަށް އޮޅުން ބޮޅުން ބޮޑު ބޮޑެތި ޕްލޭންތަކެއް އިއުލާންކޮށްފައެވެ.

މާސްކް ބޭނުންވަނީ ސަބްސްކްރިޕްޝަން މެދުވެރިކޮށް ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުކޮށް، އިތުރު “މިނިވަން ވާހަކަ ދެއްކުމަށް” ސައިޓް ހުޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.

އެކަމަކު މާސްކް ޓްވިޓާއަށް ރާވާފައިވާ ޕްލޭންތަކުގެ ސަބަބުން ޓެކްގެ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ އެޕަލް އާއި ގޫގުލް ގުޅުމަށް ވަރަށްބޮޑު ހީނަރުކަމެއް އަތުވެދާނެކަމަށް ދިރާސާވެރިން ލަފާކުރެއެވެ.
“ޓްވިޓަރ 2.0” އަށް މާސްކްގެ ތަސައްވުރަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލަކީ އޭނާގެ ބަދަލުތަކުގެ ސަބަބުން ޓެކް ޖަޔަންޓް އެޕަލް ނުވަތަ ގޫގުލްގެ ވިސްނުމަށް ބަދަލުތަކެއް އައުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ޓެކް ކުންފުނިތަކުގެ މެދުގައި ނުތަވަސްކަން ވެރިވާން ފަށާފައިވާއިރު، މާސްކް ވަނީ މިދިޔަ ހަފްތާގައި ކުރި ޓްވީޓެއްގައި ގޫގުލް އާއި އެޕަލް އިން ޓްވިޓާ ފަދަ ކުންފުނިތަކުން ނަގާ އެޕް ސްޓޯރ ފީއާ ގުޅޭ ޝަކުވާއެއް ކޮށްފައެވެ.

“އައިއޯއެސް/އެންޑްރޮއިޑް ޑިއުޕޮލީގެ ސަބަބުން އެޕް ސްޓޯރުގެ ފީ މާ ބޮޑުކަން ސާފު،” މާސްކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. “އެއީ އިންޓަނެޓްގައި ފޮރުވިފައިވާ %30 ޓެކްސްއެއް.” ފޮލޯއަޕް ޕޯސްޓެއްގައި އޭނާ ވަނީ އެޕް ސްޓޯރުގެ ގަވާއިދުތައް ތަހުގީގު ކުރަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އެންޓިޓްރަސްޓް ޑިވިޝަނަށް ޓެގްކޮށް އެޓްވީޓް ކޮށްފައެވެ.

އޭނާގެ ޝަކުވާއަކީ އެޕަލް އާއި ގޫގުލް އިން އެޕްތަކުގެ އެތެރެއިން ގަންނަ ތަކެތިން ނަގާ %15 އާއި %30 އާއި ދެމެދުގެ މިންވަރަކަށް ކަނޑާލުމެވެ.
މާސްކް މިމޭރުމުން ޓްވީޓްކޮށްފައިވާއިރު، ހަފްތާ ބަންދުގައި އެޕަލްގެ ކުރީގެ ހެޑް މާކެޓިން އެގްޒެކެޓިވް އަދި އެޕް ސްޓޯރު ބަލަހައްޓަމުން އަންނަ ފިލް ޝިލާގެ ގިނަ ބަޔަކު ފޮލޯކުރާ ޓްވިޓާ އެކައުންޓް ޑިލީޓްކޮށްލާފައިވާ ކަމަށް ބެލެވެއެވެ.
މާސްކް ވެރިކަމާ ހަވާލުވި ފަހުން ޓްވިޓާގައި މީގެ ކުރިން ވެސް ގެއްލުން ހުރި ކޮންޓެންޓް އިތުރުވެ، ކުންފުނީގެ އެޕްތައް ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާ ކަމުގެ ނިޝާންތައް އެބަހުއްޓެވެ. އޮކްޓޯބަރު މަހު، މާސްކް “ޗީފް ޓްވިޓް” އަކަށް ވެގެން ދިޔަތާ މާގިނައިރުތަކެއް ނުވެ، އޮންލައިން ޓްރޯލްތަކާއި ބިގޯޓްސް ތަކުން އެ ސައިޓުގައި ނަފްރަތު އުފެދޭ ވާހަކަތަކާއި ނަސްލީ ތަފާތުކުރުންތަކުގެ ވާހަކަ ތަކުން ފުރާލިއެވެ.

އެޕަލްގެ ވޯލްޑްވައިޑް މާކެޓިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ފިލް ޝިލާ

ޓްވިޓާގެ ޕޭޑް ބްލޫ ވެރިފިކޭޝަން ބެޖްތައް ހުށަހެޅުމަށް މާސްކް ރާވާފައިވާ ޕްލޭންގައި ވެސް ބޮޑެތި ގޯސްތަކެއް ހެދިފައިވުމާއި، ބޮޑެތި ކޯޕަރޭޝަންތަކާއި ފަރާތްތަކުގެ ނަމުގައި ހެދިފައިވާ އެކައުންޓްތަކުގެ ސަބަބުން އިޝްތިހާރު ކުރާ ބައެއް މީހުން ސޯޝަލް ނެޓްވޯކު ދޫކޮށްލަން ވަނީ ނިންމާފައެވެ.
ޓްވިޓާ އާއި އެޕަލް، ޕާޓްނަރުންގެ ގޮތުގައި އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. 2011 ވަނަ އަހަރު އެޕަލް އިން ވަނީ އައިއޯއެސް އޮޕަރޭޓިން ސިސްޓަމަށް ޓްވީޓްތައް ވަރަށް ފުންކޮށް އިންޓަގްރޭޓްކޮށްފައެވެ. ކުންފުނީގެ ރަސްމީ މުވާސަލާތީ ވަސީލަތްތަކުގެ ގޮތުގައި މަސައްކަތްކުރާ ޓްވީޓްތައް ގަވާއިދުން އެޕަލްގެ ސީއީއޯ ޓިމް ކޫކްގެ އެކައުންޓުގެ ދަށުން ޝާއިއު ކުރެއެވެ. އެޕަލް އިން ވަނީ އާ އައިފޯނުތަކާއި އެ ކުންފުނީގެ ބޮޑެތި ލޯންޗް އިވެންޓްތައް ޓްވިޓާގައި އިޝްތިހާރުކޮށްފައެވެ.

އެކަމަކު ޓްވިޓާގެ ސަބްސްކްރިޕްޝަންތަކުން ބޮޑު އާމްދަނީއެއް ހޯދުމަށް މާސްކް ހަރަކާތްތެރިވަމުންދާއިރު މި ދެކުންފުނީގެ ގުޅުން ގޯސްވަމުން ދާކަމަށް ދިރާސާވެރިން ދެކެއެވެ.

ޓްވިޓާއިން 2021 ވަނަ އަހަރު 5.08 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުކަމަށް ރިޕޯޓްކޮށްފައިވާއިރު، އޭގެ ދެބައިކުޅަ އެއްބައި މުސްތަގުބަލުގައި ސަބްސްކްރިޕްޝަންތަކުން ލިބޭނަމަ، މާސްކް ވިދާޅުވި ގޮތުގައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް އެޕަލް އާއި ގޫގުލްއަށްލިބޭނެއެވެ. އަދިއެކަމުގެ ސަބަބުން ޓްވިޓާގެ މަޤުބޫލުކަން މިހާރަށްވުރެވެސް ބޮޑުވެގެންދާނެކަމަށްވެސް މާސްކު އުންމީދުކުރެއެވެ.
އެޕަލްގެ މައިގަނޑު އެއް އުސޫލަކީ އައިފޯން އެޕްގެ ތެރެއިން ގަންނަ ޑިޖިޓަލް ކޮންޓެންޓް އާއި، ގޭމް ކޮއިން، ނުވަތަ އަވަޓަރެއްގެ އައުޓްފިޓް، ނުވަތަ ޕްރީމިއަމް ސަބްސްކްރިޕްޝަން އެއް ބޭނުންކުރަން ޖެހޭނީ އެޕަލްގެ އިން-އެޕް ޕަރޗޭސިން މެކޭނިޒަމްގެ ތެރެއިންނެވެ. އަދި މިއިން ކޮންމެ ވިޔަފާރިއަކުން އެޕަލްއަށް %30 ފައިދާ ނަގާނެއެވެ. އޭގެ ތެރެއިން ޑިވޮލޮޕަރަށް ލިބޭނީ އެންމެ %15 އެވެ.
އެޕިކް ގޭމްސް، ސްޕޮޓިފައި އަދި މެޗް ގްރޫޕް ފަދަ ކުންފުނިތަކުން “ކޯލިޝަން ފޯ އެޕް ފެއާނަސް”ގެ ދަށުން އެޕަލް އާއި ގޫގުލްގެ އުސޫލާ ދެކޮޅަށް ވަނީ ފާޑުކިޔާފައެވެ. އަދި މައިކްރޮސޮފްޓާއި މެޓާ އިން ވެސް ވަނީ އެ ސިސްޓަމަށް ފާޑުކިޔައި، އެޕް ސްޓޯރުތަކަށް އަމާޒުކޮށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.
ކަންމިހެން ހުރުމާއެކު، މަސްކްއަށް އޮތް އެއް ގޮތަކީ ސްޕޮޓިފައި އިން ކަންތައްކުރި ފަދަ ވިސްނުމެއް ގެންގުޅުމެވެ. އެއީ އެޕަލް އަށް ކަޓެއް ނުދޭ ވެބްސައިޓްތަކުގައި 9.99 ޑޮލަރަށް ވުރެ ދަށް އަގެއް ހުށަހަޅައި، އެއަށް ފަހު އެޕްލިކޭޝަންގެ ތެރޭގައި ބޭނުންކުރާ މީހުން އެމީހުންގެ މިހާރު ހުރި އެކައުންޓަށް ލޮގްއިން ކުރުމެވެ. ސަބަބަކީ އައިފޯން އެޕްގެ ތެރޭގައި ޕްރިމިއަމް ސަބްސްކްރިޕްޝަނަކަށް ސަބްސްކްރައިބް ކުރާ ފަރާތްތަކުންވެސް 12.99 ޑޮލަރު ދައްކަން ޖެހުމެވެ.
ނުވަތަ 2018 ވަނަ އަހަރު މުޅިން އެޕަލް މެދުވެރިކޮށް ސަބްސްކްރިޕްޝަން ދިނުން ހުއްޓާލި ނެޓްފްލިކްސް ފަދައިން ޓްވިޓާ ވެސް ކުރިއަށް ހިނގައިދާނެއެވެ.

މަސްކް އަށް އެ ކުންފުނީގެ ވެބްސައިޓްގައި ޓްވިޓާ ބްލޫ ހެޔޮ އަގެއްގައި ވިއްކައި، ބްލޫ ލިބެން ހުރީ ހަމައެކަނި ޓްވިޓާއިން ކަމަށް ބުނެ އޭނާގެ 118 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުންނަށް ޓުވީޓް ކޮށްފާނެއެވެ. އަދި އެކަމުގެ ސަބަބުން އެޕަލް އަށްވެސް ހަތިޔާރު ބަހަށްޓަން މަޖޫބޫރު ވެގެންދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close