ސެމްސަންގް ގެލެކްސީ އެސް11 ކެމެރާގައި 108 މެގަޕިކްސެލް
ގެލެކްސީ ފޯނުތަކަށް ލޯބިކުރާ އެ ސީރީސް ގެފޭނުންނަށް މިއީ އުފާވެރި ޚަބަރަކަށް ނޫނީ ނުވާނެއެވެ. އަދި މިހާތަނަށް ސެމްސަންގ ކުންފުނިން އުފައްދާ އެންމެ ކޮލިޓީ ފޯނަކަށް ވެގެންދާނީ އަންނަ އަހަރުގެ ފެބުރުއަރީ މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސެމްސަންގ ގެލެކްސީ އެސް 11 އާއި އެސް 11 ޕްލަސް އެވެ.
ކުންފުނިތަކުން ނެރޭ ފޯނުތަކާ ބެހޭ މައުލޫމާތު ދުރާލައި، އިތުބާރު ހިފޭ ގޮތަށް އާންމުކޮށްގެން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އިވެން ބްލާސް ބުނާ ގޮތުގައި ސެމްސަންގުން ގެލެކްސީ އެސް11 ގެ ފަސް މޮޑެލެއް ނެރޭނެ އެވެ.
އޭނާ އާންމުކޮށްފައިވާ މި ސީރީޒްގެ މޮޑެލްތަކުގެ ބައެއް ސްޕެސިފިކޭޝަންތަކަށް ބަލާއިރު، އެސް11 ގެ ފަސް މޮޑެލް ނެރޭނީ ތިން ސައިޒެއްގަ އެވެ. އެގޮތުން އެންމެ ކުޑަ ސައިޒު އެސް10 ގެ އެންމެ ބޮޑު ސައިޒާ އެއްވަރުވާނެ އެވެ. ދެން ސައިޒްތައް އުޅޭނީ 6.4، 6.7 އަދި 6.8 އިންޗީގެ ސްކްރީނާ އެކީގަ އެވެ.
ބްލާސް ހިއްސާކުރާ މައުލޫމާތުތަކަށް ބަލާއިރު އެސް11 ގެ އެންމެ ކުޑަ ދެ ސައިޒް ނެރޭނީ 5ޖީ އާއި އެލްޓީއޭ ވޭރިއަންޓާ އެކީގަ އެވެ. އަދި އެންމެ ބޮޑު ސައިޒަށް ލިބޭނީ ހަމައެކަނި 5ޖީ އެވެ.
މީގެ އިތުރުން އެސް11 ގެ ފަސް މޮޑެލްގައި ވެސް ހުންނާނީ ކާވްޑް-އެޖް ޑިސްޕްލޭ އެވެ. އަދި މޮޑެލްތަކުގެ ކެމެރާތައް ކުރީގެ މޮޑެލްތަކަށް ހުރިހާ ގޮތަކުން ވެސް ތަފާތުވާނެ އެވެ. ކެމެރާއަކީ 108 އެމްޕީގެ ކެމެރާ ކަމަށްވެ އެވެ.
ބްލާސް ބުނާގޮތުގައި އާ މޮޑެލް ނެރެނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ގައި އެމެރިކާގެ ކެލިފޯނިޔާގެ ރަށެއް ކަމުގައިވާ ސެންފްރެންސިސްކޯ ގައި ސެމްސަންގުން ބާއްވާ ބޮޑު އިވެންޓްގަ އެވެ.

