މަންމައަކު އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅު މަރާލައިފި
އިންޑިއާގެ ތަމިލް ނާޑޫގެ ޓިރޫނެލްވެލީގައި އަންހެނަކު އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅު މަރާލައިފިކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
އެކުއްޖާ މަރާލީ އަންހެން ކުއްޖާ ނިސްބަތްވާ ދަރިކޮޅު ނުވަތަ ޖަމާޢަތް ނޫން އެހެން ޖަމާއަތަކަށް ނިސްބަތްވާ ފިރިހެނަކާ ލޯބީގެ ގޮތުން ގުޅުމުން ކަމަށް ޚަބަރުތައް ބުނެއެވެ.
ޚަބަރުތައް ބުނާގޮތުގައި އަންހެން މީހާ އެ ޖަރީމާ ހިންގުމަށް ފަހު އަމިއްލަ އަށް މަރުވާން މަސައްކަތް ކުރި ނަމަވެސް އަވަށްޓެރިން އޭނާ ސަލާމަތްކޮށް ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ.
އަރޫމުގާ ކާނީ ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ ސިވަލްޕެރީ އަވަށަށް ނިސްބަތްވާ މީހެކެވެ. އޭނާ ކައިވެނިކޮށްގެން އުޅުނީ ޗެންނާއީގައި ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރި ޕިޗައި ނަމަކަށް ކިޔާ މީހަކާ އެވެ. އެ ދެމީހުންގެ އަލަތު ދަރިފުޅަކީ އަދި މިހާދިސާގައި މަރުވި 19 އަހަރުގެ އަންހެން ކުއްޖަކީ އަރޫނާ އެވެ.
އަރޫނާ ނަރުސްކަން ކިޔަވަމުން ދިޔައިރު އޭނާ ވަނީ އެހެން ޖަމާޢަތެއްގެ ފިރިހެނަކާ ލޯބިވާ ކަމަށް މަންމަ ގާތު އިއުތިރާފުވެފައެވެ. އަރޫނާ އަކީ ތެވަރު ޖަމާޢަތުގެ މީހެކެވެ. ލޯބީގެ ގޮތުން ގުޅުނީ ނަދާރު ޖަމާޢަތަށް ނިސްބަތްވާ މީހަކެވެ.
އޭނާގެ މަންމަ އަރޫމުގާ ކާނީ ވަނީ އެ މައްސަލައިގެ ވާހަކަ ދެއްކުމުގެ ބަހަނާގައި އަރޫނާއަށް ގުޅައިގެން އޭނާގެ އުފަން ރަށަށް ގެނެސްފައެވެ. މިހާދިސާ ހިންގީ އަންހެން ކުއްޖާއަށް އޮޅުވާލައިގެން އަމިއްލަގެއަށް ގެނެސްފައެވެ.
ނޮވެމްބަރު 23 ވާ ބުދަ ދުވަހު ފިރިމީހާގެ އާއިލާ އަރޫމުގާ ކާނީގެ ގެއަށް ޒިޔާރަތް ކުރުމުގެ ޕްލޭންތައް ކުރިން ވެސް ރާވާފައި އޮތް އިރު، އަރޫނާ ސާބިތުކަމާއެކު ހުރެ އެ މީހާދެކެ ލޯބިވާ ވާހަކަ ފިރިމީހާގެ އާއިލާއަށް ކިޔައިދޭނެ ކަމަށް މަންމަ ގާތު ބުންޏެވެ.
މިކަމާ ދެރަވެފައި ހުރި އަރޫމުގާ ކާނީ (އަންހެން ކުއްޖާގެ މަންމަ) ރުޅިވެރިކަމުގެ ތެރޭގައި އަރޫނާ ނޭވާ ހާސްކޮށް މަރާލިއެވެ. އޭނާގެ އަންހެން ދަރިފުޅު މަރާލުމަށްފަހު އަރޫމުގާ ކާނީ އަމިއްލައަށް މަރުވާން އުޅުނުކަމަށްވަނީ ހެއާ ޑައި ޕައުޑަރ ބޭނުންކޮށްގެންނެވެ.
ނަމަވެސް އަވަށްޓެރިން ސަލާމަތްކޮށް އޭނާ ވަނީ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފަ އެވެ. ސިވާލަޕެރީ ޕޮލިހުން ވަނީ މި މައްސަލަ ރަޖިސްޓްރީކޮށް ތަހުގީގެއް ފަށާފައެވެ.





