ޚަބަރު

ފައްޔާޒު އިސްތިއުފާދެއްވައިފި، އެމްޑީޕީއަށް ދެންވާނީ ކިހިނެތްބާ!؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްމާއީލް ރޭ އިސްތިއުފާ ދެއްވައިފިއެވެ. ފައްޔާޒް މިކަން އިއުލާން ކުރެއްވީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ކަމަށް ވާއިރު، އޭނާ ވަނީ އިސްތިއުފާގެ ސިޓީ ވެސް ހުށައަޅުއްވާފައެވެ.

އިސްތިއުފާ ދެއްވި ސަބަބުތަކަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވީ، ޕާޓީގެ ލީޑަރުންނާމެދު ބަސްބުނުމުގެ ފުރުސަތު ހުޅުވާލާނޭ ކަމުގެ ވައުދަށް ފުރުސަތު ދެއްވުމަށްޓަކައި މި ނިންމުން ނިންމެވީ ކަމަށެވެ. އަދި ޕާޓީގައި މިހާރު އިސްކޮށް ހަރަކާތްތެރިވާ އެޑްވައިޒަރާއި، ޕާޓީގެ ރައީސްއަށް ފުރިހަމަ އިހުތިޔާރާއި ބާރާއެކު ޕާޓީގެ ކަންކަން ނިންމައި، ކުރިއަށް ގެންދިއުމަށް އޭނާއަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުން ހިމެނޭ ކަމަށް ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން ފައްޔާޒް ވަނީ، ޗެއާޕާސަންގެ މަގާމުގައި ހުންނެވި މުއްދަތުގައި ޕާޓީގެ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި އަސާސީ ހައްގުތަކާއި ރައްޔިތުންގެ ބާރުވެރިކަން ހޯދައިދިން ޕާޓީގެ މެންބަރުންނާއެކު ގާތުން މަސައްކަތް ކުރެވުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށް ފާހަގަ ކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެމްޑީޕީގެ ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި އިސްލާހީ މަސައްކަތުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް 27،841 ވޯޓާއެކު އިންތިހާބު ކުރެވުނީ މީގެ ތިން އަހަރު ކުރިން، 2022 މެއި 23 ގައެވެ. ފައްޔާޒުގެ ކުއްލި މި އިސްތިއުފާއާއި އެކު ދެން އެމްޑީޕީގެ ކުރިމަގު ބައްޓަންވެގެންދާނެ ގޮތަކާއި މެދު ގިނަބަޔަކު ދަނީ ތަފާތު ޝުޢޫރުތައް ފާޅުކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close