ސިޔާސީ ދާޚިލީ ވަޒީރުގެ ފުރިހަމަ އިތުބާރާއި، ޔަގީންކަމާއި ތާއިދު ޑރ. މުއިއްޒަށް

ދާޚިލީ ވަޒީރުގެ ފުރިހަމަ އިތުބާރާއި، ޔަގީންކަމާއި ތާއިދު ޑރ. މުއިއްޒަށް

ދާޚިލީ ވަޒީރުގެ ފުރިހަމަ އިތުބާރާއި، ޔަގީންކަމާއި ތާއިދު ޑރ. މުއިއްޒަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ އާ ދާޚިލީ ވަޒީރު ނުވަތަ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލްފާޟިލް ޢަލީ އިޙްސާންގެ ފުރިހަމަ އިތުބާރާއި، ޔަގީންކަމާއި ތާއިދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެބައޮތްކަމަށް އެމަނިކުފާނު  ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދާޚިލީ ވަޒީރު އިހުސާން މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމް/ ޕީއެންސީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެ ، ޕީޕިއެމްގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީން ވަކިވެ ވަޑައިގެން އާ ޕާޓީއެއް ހައްދަވަން ނިންމެވުމާއި ގުޅިގެން ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންގެ ފުރިހަމަ އިތުބާރާއި، ޔަގީންކަމާއި ތާއިދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޮތްކަން ހާމަކުރައްވާ އިހުސާން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ހިންގާނެ ޓީމު އަތުރަމުން ޤައުމު ދާންވާ މިސްރާބަށް ހުންގާނު އަނބުރަމުންދާ މި ދަނޑިވަޅުގައި އަމާޒުވާ ފާޑު ކިޔުންތަކަކީ ބަލައިގަނެ މަރުހަބާ ކިޔާނެ ކަމެއް ކަމަށެވެ.

“ބިނާކުރަންވި ފާޑުކިޔުންތަކުގެ އަލީގައި ރައީސް ދެއްވާ ފުރިހަމަ އިރުޝާދާއި ނަންގަވާ ޑިސިޝަން (ނިންމުންތައް)ތަކާއެކު އަޅުގަނޑު ހަވާލުވެ ހުރި ދާއިރާ ﷲގެ އިރާދަފުޅާއެކު ރައްޔިތުން ގަބޫލުކުރާ ދާއިރާއަކަށް ހަދަން މިދަނީ މަސައްކަތް ކުރަމުން.” އޭނާ ވިދާޅުވިއެވެ.

ޕީޕިއެމްގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީން ވަކިވެ ވަޑައިގެން އާ ޕާޓީއެއް ހައްދަވަން ނިންމެވުމާއި ގުޅިގެން އިހުސާނުގެ އިތުރުން އެހެން ބައެއް ވަޒީރުންނާއި އެ ކޯލިޝަނުގެ ސެނެޓު މެމްބަރުންނާއި ބައެއް އާންމު މެމްބަރުންވެސް ރައީސް ޑރ. މުއިއްޒަށް ތާއީދު ކުރާކަން ވަނީ ހާމަކޮށްފައެވެ. އަދި ސޯސަލް މީޑިޔާގައި ތަފާތު ޕޯސްޓްތައް ދަނީ ކުރަމުންނެވެ.

ޓެގް

ޑރ.މުއިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.