ބޭރުދުނިޔެ ފާއިތުވި 24 ގަޑިއިރުތެރޭ ޣައްޒާއިން އިތުރު 35 މީހަކު ޝަހީދުކޮށްލައިފި

ފާއިތުވި 24 ގަޑިއިރުތެރޭ ޣައްޒާއިން އިތުރު 35 މީހަކު ޝަހީދުކޮށްލައިފި

ފާއިތުވި 24 ގަޑިއިރުތެރޭ ޣައްޒާއިން އިތުރު 35 މީހަކު ޝަހީދުކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ ޢާއިލާތަކަށް އަމާޒުކޮށް ދެވުނު 4 ހަމަލާއެއްގައި އިތުރު 35 މީހުން ޝަހީދުވެ، 94 މީހުން ޒަޚަމުވެފައިވާކަމަށް ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

ސިއްޙީ ވުޒާރާގެ ބަޔާނުގައި ވާގޮތުން، މި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 44،211 އަށް އަރާފައިވާއިރު، 104،567 މީހުން ޒަޚަމުވެފައިވެއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުންނާއި، ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އިސްވެރިން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވީ ނަމަވެސް، އިޒްރާއީލުގެ ސިފައިން ވަނީ ޣައްޒާގައި ނަސްލު ފޮހެލުމުގެ ހަނގުރާމަ ހުއްޓައިނުލައި ކުރިއަށް ގެންގޮސްފައެވެ.

ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ ނަސްލު ފޮހެލުމުގެ ޢަމަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގިނަ ޖަމްޢިއްޔާތަކާއި ލީޑަރުން ވަނީ މިއީ ވަކި އާބާދީއެއް ނައްތާލުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) އިން ބުރާސްފަތި ދުވަހު، ވަނީ އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް އަށް، ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކާ ގުޅިގެން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ ޢަދުލު ކޯޓުގައި އިސްރާއީލާ ދެކޮޅަށް ނަސްލު ފޮހެލުމުގެ މައްސަލައެއް ވެސް ހިނގަމުންދެއެވެ.

މިދިޔައަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަދުވަހުން ފެށިގެން ކުރިއަށްދާ މި ހަމަލާތަކު ސަބަބުން ޣައްޒާގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ގެދޮރު ގެއްލި، ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތަކުން މަޙްރޫމްވެފައެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އިޤްތިޞާދަށާއި އިޖްތިމާޢީ ދިރިއުޅުމަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

ޓެގް

ޣައްޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.