ޚަބަރު އަންހެނުންނަށް ކުރާ އަނިޔާއަށް އެއްވެސް އުޒުރެއް ނެތް، ފިޔަވަޅު އަޅާނަން: ރައީސް މުޢިއްޒު

އަންހެނުންނަށް ކުރާ އަނިޔާއަށް އެއްވެސް އުޒުރެއް ނެތް، ފިޔަވަޅު އަޅާނަން: ރައީސް މުޢިއްޒު

އަންހެނުންނަށް ކުރާ އަނިޔާއަށް އެއްވެސް އުޒުރެއް ނެތް، ފިޔަވަޅު އަޅާނަން: ރައީސް މުޢިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެއްވެސް ބާވަތެއްގެ އަނިޔާއަކަށް އެއްވެސް އުޒުރެއް ނޯންނާނެ ކަމަށާއި، ކުށްވެރިންނަށް އަދަބު ނުލިބި ސަލާމަތްވެ ތިބޭ ތިބުމަށް މި ސަރުކާރުން ފުރުޞަތު ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މުޅި ދުނިޔޭގައި ފެށި 16 ދުވަހުގެ ޚާއްޞަ ކެމްޕޭނާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، އަނިޔާގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުން ލަސްވުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން އަނިޔާ ލިބޭ ފަރާތްތަކަށް އަވަސް ޚިދުމަތް ދިނުމަށާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކޮށް، އެފަދަ ފަރާތްތަކުގެ އިތުބާރު އޮތް ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން، އަނިޔާ ލިބޭ އަންހެނުންނަށް ވަގުތުން ރައްކާތެރިކަން ލިބޭނެ ހިޔާވަހިކަމުގެ މަރުކަޒުތައް އިތުރުކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންހެނުން ބާރުވެރިކޮށް، އެކަނބަލުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަކީ އަނިޔާވެރިކަން ހުއްޓުވުމަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅުކަން ފާހަގަކުރައްވައި، ބިރުވެރިކަމެއް ނެތް އަމާން ވެއްޓެއް ޤާއިމުކުރުމަށް މުޅި މުޖުތަމަޢު އެކުގައި މަސައްކަތް ކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.