ކުޅިވަރުވޯލްޑްކަޕް-22

ރޯލްސް ރޮއިސް އިނާމުގެ ވާހަކަތައް ސައުދީ ގައުމީ ޓީމުގެ ކުޅުންތެރިޔަކު ދޮގުކޮށްފި

ދުބާއީ – ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ އަތުން 2-1 އިން މޮޅުވި މެޗަށްފަހު ކޮންމެ ކުޅުންތެރިއަކަށް އިނާމެއްގެ ގޮތުގައި ރޯލްސް ރޮއިސް އެއް ދިން ކަމަށް ދެކެވޭ ވާހަކަތައް ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ ފުޓުބޯޅަ ކުޅުންތެރިއަކު ދޮގުކޮށްފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން އަލްޝެހްރީ ބުނީ އެއީ ދޮގުޚަބަރެއް ކަމުގައެވެ.

ނޫސްވެރިގެ ބައްދަލުވުމެއްގައި އެކުޅުންތެރިޔާ އެވާހަކަ ދޮގުކުރުމުގެ އިތުރުން ޓްވިޓާއިން މީހުން ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުންވެސް އޭނާވަނީ އެވާހަކަ ދޮގުކޮށްފައެވެ.

ޞާލިޙް އަލްޝެހްރީ، ވާތްފަރާތުގައި، އޭނާގެ ޤައުމަށް ޚިދުމަތް ކުރުމަކީ އޭނާއަށް ބޭނުންވާ ހަމައެކަނި އިނާމު ކަމަށް ސުވާލު ކުރަމުން ނޫސްވެރިޔާއަށް ވިސްނައިދިނެވެ. (އޭއެފްޕީ)

“އަޅުގަނޑުމެން މިތިބީ ގައުމަށް ހިދުމަތްކޮށް އެންމެ ރަނގަޅަށް މަސައްކަތް ކުރަން، އެހެންވީމަ އެއީ އަހަރެމެންގެ އެންމެ ބޮޑު ކާމިޔާބީ،” ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާލިހް އަލްޝެހްރީ ބުންޏެވެ.

އަދި ގައުމަށް ހިދުމަތް ކުރުމަކީ އޭނާއަށް ބޭނުންވާ ހަމައެކަނި އިނާމު ކަމަށް ބުނެ ނޫސްވެރިޔާއަށް އަލްޝެހްރީ ވިސްނައިދިނެވެ.

ސައޫދީ ޓީމްގެ ކުޅުންތެރިޔާ މިހެން ބުނިނަމަވެސް ބޮޑެތި ނޫސްއެޖެންސީ ތަކުން ވަނީ މިޚަބަރު ފަތުރާފައެވެ.

އެގޮތުން ޑެއިލީމެއިލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވޯލްޑް ކަޕްގައި އާޖެންޓީނާ އަތުން މޮޅުވުމުގެ އިނާމެއްގެ ގޮތުން ސައޫދީ އަރަބިއްޔާގެ ކޮންމެ ކުޅުންތެރިއަކަށް ވެސް ރޯލްސް ރޮއިސް އެއް ދޭން ސައޫދީ ސަރުކާރުން ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close