ވާހަކަ

ކުރުވާހަކަ: ހަޔާތުގެ ފަހު ސޮފްހާ

އައިމިނަތު ރިޝްމީ

އާދުވަހަކަށް މަރުހަބާ ކިޔަމުން އިރުގެ ރަން ދޯދިތައް ބިންމައްޗަށް ފެތުރެން ފަށައިފިއެވެ. ރަށުގެ މަލަމައްޗާއި މޫދު ފެންނަ ކޮންމެ މީހަކުވެސް މާޝާﷲ އޭ ކިޔޭނެއެވެ. ރަށުތެރެއިން ފެންނަމުން ދިޔައީ ހީވާގި އަންހެން ވެރިންނެވެ. ގޯތި ގެދޮރާއި މަގުފަޅި ތަކިގައި އިލޮށިފައްޗާއިގެން ހަރަކާތްތެރިވަމުން ދިޔައިރު އެމީހުން ސާފްތާހިރުކަމަށް ދޭ އަހަންމިއްޔަތުކަން އަންގުވައިދެއެވެ.

ރާޅު ބީއްސާ ހިސާބުގައި އިށީންދެގެން އިން ޒޯޔާ، އެ ގުދުރަތީ ރީތި ކަން ފޯނުގައި ރައްކާކުރުމަށްފަހު މިސްރާބުޖެހީ އޮފީހަށް ދިއުމަށެވެ. މިއަދު އޮފީހުގައި އިންއިރުވެސް އިހުސާސް ކުރެވެމުން ދިޔައީ ވަރުބަލިކަމެވެ. ކުޑަ ވަގުތު ކޮޅެއްގައި މަސައްކަތް ކުރުމަށްފަހު ގެޔަށް އައިސް ސޯފާގައި އޭނާ އިށީނީ ވަރުބަލި ފިލުވާލުމަށެވެ.

ގުޅުންހުރި ލިޔުންތައް

އުޑުމަތި ސާފު ރެއެކެވެ. ޒޯޔާ ފާޚާނާއަށް ވަނީ ނިދުމުގެ ކުރިން ފެން ވެރުމަށެވެ. ފެންވަރާ ނިމުމަށްފަހު އޭނާ އެއްޗެހި ލައިގެން މޫނުގައި ވެސްލިން ކޮޅެއް ލުމަށް ލޯގަނޑު ކުރިމަތީގައި ހުއްޓުން ވަގުތު އޭނާއަށް ފެނިގެން ދިޔައީ ދުވަހަކު ވެސް ފެނިފައިނުވާ މަންޒަރެކެވެ. އޭނާގެ ނޯށުން ހޯސްލާފައި ލޭއަންނަ ތަނެވެ. އަވަހަށް ލޭތައް ފޮހެލުމަށްފަހު ނިދަން ވެގެން ބެޑުގައި ޖައްސާލިއެވެ. ނަމަވެސް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. 

އެރެއަށްފަހު އޭނާގެ ޙަޔާތުގައި ނަގަމުން ދިޔަ ވިއްސާރަ ވިލާގަނޑުގެ އަސަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރަމުން ދިޔައެވެ.

ކުރެވެމުން ދިޔަ އިހްސާސްތަކަށް ކެތްނުކުރެވިގެން އެދުވަހު ހަވީރު ޑރ. ހަރިހަރީއަށް ދެއްކުމުން ޑޮކްޓަރ ބުނީ ޓެސްޓް ހެދުމަށެވެ. ޓެސްޓްގެ ނަޓީޖާލިބުމާއެކު އަވަސް އަވަހަށް ޑރ. ހަރިހަރީއަށް ދައްކަން ދިޔައެވެ. ޑޮކްޓަރ ބުނި ދެތިން ބަހުގެ ސަބަބުން ޒޯޔާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ދިޔަކަހަލައެވެ.

ހަމަހިމޭން ވެފައިވާ ދުނިޔެމަތީގެ އަދިރިކަން ފަދައިން އޭނާގެ މުޅި ހަޔާތް އެވަނީ އަނދިރިވެފައެވެ. ކުރެވުނު ކުޑަ ކަމެއްގެ ސަބަބުން ޒޯޔާގެ ދިރިއުޅުން އަނދިރިގަނޑަކަށް ހަދައިލީ ކުރިމަތި ވެފައިވާ ހިތްދަތިކަމެވެ.

ޑޮކްޓަރގެ ރިޕޯޓުން ދައްކާ ގޮތުގައި ޒޯޔާއަށް ވަނީ ލޭގެ ކެންސަރު ޖެހިފައެވެ. އަދި މިއީ އެންމެ ފަހު ސްޓޭޖް ކަމުގައި ވެސް ޑޮކްޓަރ ވަނީ އޭނާއަށް ބުނެދީފައެވެ.

ޒޯޔާގެ މުޅި ދިރިއުޅުމަށް ކުރިމަތި އެވީ ކަޅު އަނދިރިކަމެކެވެ. ކެތް ނުކުރެވޭ ފަދަ ބޮޑު ހިތްދަތިކަމެކެވެ. މިދުނިޔެއާއި އޭނާ އަލްވަދާއު ކިޔާނެ ވަގުތައް އޭނާ ތައްޔާރުވެ ހުރުމަށް ޑޮކްޓަރ ޒޯޔާކައިރި އެދުނީ ވަރަށްވެސް ހިތާމަޔާ އެކުގައެވެ.

ހޮސްޕިޓަލްގައި ޒޯޔާ އެޑްމިޓް ކުރެވުނުތާ ހަތަރުވަނަ ހަފްތާގައި އޭނާ މި ދުނިޔެއާއި އަލްވަދާއު ކިޔާ ދިޔައީ މި ފަނާވަނިވި ދުނިޔެއަށް ކޮންމެ ހިނދަކުވެސް މަރުވެދާނެ ކަން ޢިބުރަތަކަށް ހަދާފައެވެ.

 ނިމުނީ..

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close