ކުޑަކުދިންވާހަކަ

ދާލުން- ދޫނި

ކުޑަކުދިންގެ ވާހަކަ 41

ދާލުން-ދޫނި

ހެނދުނުގެ ވަގުތެވެ. މޫސުން ރީތި ދުވަހެކެވެ. ނަވާލް ހުރީ ގޮނޑުދޮށުގައި ދޮށި ހިފައިގެން މަސްބާނާށެވެ. އެއީ އޭނާގެ ދޮންބެ ދިން ދޮށްޓެކެވެ. ނަވާލާއި އެކުގައި އެނާގެ ރަހްމަތްތެރި މިއާޒް ވެސް ފޯރީގައި މަސްބާނަން ހުއްޓެވެ. އިރުކޮޅަކުން މިއާޒްގެ ދޮށީގައި މަހެއް ގަނެފިއެވެ. އެއްގަމަށް ގެނައިރު ކަމަކުދާކަށް ނެތެވެ. އޮތީ މަހެއް ނޫނެވެ. ދަބަރު ޖަހާފައިވާ ދަޅެކެވެ. ނަވާލް އެކަމާ ވަރަށް މަލާމަތް ކޮށް ހީ ހެދިއެވެ. މިހެން މަސްބޭނުމުގައި ތިއްބާ ނަވާލްގެ ދޮށީގައިވެސް ވަރަށް ބޮޑު މަހެއް ގަތްހެން ހީވުމުން ދަމާ ނެގިއިރު އޮތީ ބާވެފައިވާ ދަބަހެކެވެ. މިއާޒުވެސް ނަވާލުފަދައިން އޭނާއަށް މަލާމަތްކުރިއެވެ. އެއްވެސް މަހެއް ނުބެވުމުން ދެކުދިން ވަރަށް ފޫހިވާ ގޮތްވެއްޖެއެވެ. އަދި ގެއަށް ދިއުމަށް ހިނގައިގަތެވެ.

ގުޅުންހުރި ލިޔުންތައް

އެހެނަސް އެކުދިންނަށް ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. މިއާޒުގެ ފައި ހަލާކުވެއްޖެއެވެ. ދޮންވެލިގަނޑު ތެރެއަށް ވަޅުލެވިފައިވާ ތޫނު ދަގަނޑު ގަނޑަކަށް އެރުނީއެވެ. ނަވާލު ބަލާކަށް ނުހުރެ ފޮތި ގަނޑެއް ހޯދިއެވެ. އަދި ފައި ކަނޑައިން ގޮސްފައި އޮތްތަނުގައި ބަނެވެ. ނަވާލުގެ ކޮނޑުގައި އަތް އަޅުވައިގެން އެއްފައިން ކޮރަމުން ކަހަލަ ގޮތަކަށް ގޮސް ވަނީ މިއާޒުގެ ގެއަށެވެ.

މެންދުރުގެ ވަގުތެވެ. ނަވާލު ނަމާދުކޮށްގެން މިއާޒުގެ ހަބަރެއް ބަލާލުމަށް އެގެއަށް ދިޔައެވެ. އޭރު މިއާޒު އޮތީ ސިޓީން ރޫމުގައި ޓީވީ ބަލާށެވެ. ދޮންކެޔޮ ވަކެއް ކާން އޮތް މިއާޒަށް ނަވާލް ފެނުމުން ގޮވައި ގެނެސް ކައިރީގައި ބޭންދިއެވެ. އޭރު އޭނާގެ ފައިގައި އޮތީ ބޭސްއަޅާފައެވެ. އިރުކޮޅަކުން މިއާޒުގެ ބައްޕަ އޭނާއަށް ގުރައެއް ގެނެސްދީފިއެވެ. ” މާދަން ސްކޫލަށް ގެންދަން މި ދޫނި ރަނގަޅު ދޯ؟” ބައްޕަ ސުވާލުކޮށްލިއެވެ. ނަވާލް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އެދެކުން މަސްބާނަން ދިއައީވެސް އެބޭނުމުގައެވެ. މާދަމާ ސްކޫލަށް ދާއިރު ދިރޭ އެއްޗެއް ގެންދަން ޖެހޭތީއެވެ. މިއާޒުގެ ފައި ހަލާކުވުމުން އެކަންވެސް ކުރެވޭ ގޮތެއް ނުވީއެވެ. އެކުދިންނަށް އިތުރު ދިރޭ އެއްޗެއް ހޯދަން ނުދެވުނީ އެހެންވެގެންނެވެ. އެކަމަކު އެންމެފަހު ވަގުތު ގުރައެއް ލިބުމުން ދެކުދިން އެކަމާ ވަރަށް އުފާކޮށް ބައްޕައަށް ޝުކުރުއަދާކުރިއެވެ. (ނިމުނީ)

ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދީ!

1) ނަވާލުގެ ދޮށީގައި ގަތީ ކޮން އެއްޗެއް؟ ބާވެފައިވާ ދަބަހެކެވެ.

2) މިއާޒުގެ ފައި ހަލާކުވީ ކިހިނެތްވެގެންތަ؟ މިއާޒަށް ވަޅުލެވިފައިވާ ދަގަނޑު ގަނޑަކަށް އެރުނީއެވެ.

3) ނަވާލު މިއާޒުގެ ގެއަށް ދިޔައިރު މިއާޒު އެތީ ކީއްކުރަންތަ؟ ޓީވީ ބަލަން

4) މި ވާހަކައިގައި ހުރި ދާލު އަކުރުން ފެށޭ 3 އެއްޗެއްގެ ނަން ލިޔޭ!  . ދަބަސް، ދަޅު، ދޮންކެޔޮ

5) ނަވާލާއި މިއާޒު މަސްނާނަށް ދިއައީ ކޮން ބޭނުމަކު؟ ސްކޫލަށް ދިރީއެއްޗެއް ގެންދާން ޖެހޭތީ، މަހެއް ބޭނުމަށެވެ.

6) މިއާޒުގެ ފައި ހަލާކުވި ވަގުތު ތިޔަކުދިން އެތަނުގައި ހުރިނަމަ ކުރާނީ ކީއްތަ؟

ޖަވާބުތައް:

1) ބާވެފައިވާ ދަބަހެކެވެ.

2) މިއާޒަށް ވަޅުލެވިފައިވާ ދަގަނޑު ގަނޑަކަށް އެރުނީއެވެ.

3) ޓީވީ ބަލަން

4) ދަބަސް، ދަޅު، ދޮންކެޔޮ

5) ސްކޫލަށް ދިރީއެއްޗެއް ގެންދާން ޖެހޭތީ، މަހެއް ބޭނުމަށެވެ.

6) މި ސުވާލު ޖަވާބަކީ އިޚްތިޔާރީ ޖަވާބެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close