ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގެ 980 ވަނަ ލަނޑު ޖަހައި ފުޓްބޯޅައިގެ ތާރީހު މުގުރާލަން އެއް ފިޔަވަޅު އެޅިއްޖެއެވެ. ޕޯޗުގަލްގެ ތަރި އަލް ނަސްރު އަށް ލަނޑު ޖަހައިދިނީ ރޭ ސައުދީ ޕްރޯ ލީގުގައި ދިރިޔާ އަތުން 3-0 އިން މޮޅުވި މެޗުގައެވެ. އޭނާ ކެރިއަރުގެ 1،000 ލަނޑު ހަމަކުރަން ބޭނުންވަނީ ބާކީ އެންމެ 20 ގޯލެވެ.
މެޗުގެ 23 ވަނަ މިނިޓްގައި ރޮނާލްޑޯ ޖެހި ލަޑާއެކު 980 ގޯލް ވަނީ ހަމަވެފައެވެ. އެ ޓީމުގެ ކިންގްސްލީ ކޯމަން ފޮނުވާލި ޝޮޓެއް ކީޕަރު އަތުގަ ޖެހުމުން ގޯލުގެ ތެރެއަށް ވައްދާލި ރޮނާލްޑޯ އެވެ. މިއީ ޕޯޗުގަލްގެ ގައުމީ ޓީމާ އެކު އުނދަގޫ ދުވަސްތަކެއް ހޭދަކުރުމަށްފަހު ފޯވާޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ރޮނާލްޑޯ ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕުން ވަކިވި ނަމަވެސް، އޭނާ އެނބުރި ކްލަބް ފުޓްބޯޅައަށް އައުމުން ދަނޑުމަތީގައި އޭނާ ދެއްކި ކުޅުމަށް ބަލާއިރު މިހާރު އޭނާގެ ފޯކަސް ވަނީ ބަދަލުވެފައެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް، ޔުވެންޓަސް އަދި އަލް ނަސްރު ފަދަ ބޮޑެތި ކްލަބްތަކަށް ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ ޕޯޗުގަލް އަށް 146 ލަނޑު ޖަހައިދީފަ އެވެ.
ކެރިއަރުގެ 1،000 ލަނޑު ހަމަކުރުމަކީ ތާރީހީ ކާމިޔާބީއަކަށް ވާނެއެވެ. ސީނިއާ ފުޓްބޯޅައިގައި މިހާ ގިނަ ލަނޑު އަދި އެއްވެސް ކުޅުންތެރިއަކަށް ނުޖެހެއެވެ. ކެރިއަރު ނިމުމުގެ ކުރިން އެ ޓާގެޓަށް ވާސިލުވާން ބޭނުންވާ ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.
މި ކާމިޔާބީއާ ހަމައަށް ވާސިލުވާން ބާކީ 20 ލަނޑު އޮތްއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުން އޭނާގެ ކުރިއަށް ހުރި މެޗުތައް ވަރަށް ގާތުން ބަލަމުންދާނެއެވެ. ރޮނާލްޑޯގެ 1000 ލަނޑާ ހަމައަށް ދަތުރު އަދި ނުނިމޭ އިރު، އޭނާގެ އެންމެ ފަހުގެ ގޯލަކީ އޭނާގެ ސަޕޯޓަރުން އިތުރުވާނެ ސަބަބެއް ލިބޭނެކަމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...