ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ސިންގަޕޫރަށް ފުރާވަޑައިގެންފި
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންވިކަން ރައީސްގެ ސްޕޯކްސް ޕާސަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
އެހެން ނަމަވެސް މި ދަތުރުފުޅުގެ ތަފްސީލެއް ރައީސް އޮފީހަކުން ހާމައެއް ނުކުރައްވައެވެ. މިއީ އެމަނިކުފާނު މިއަހަރު ސިންގަޕޫރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
އެމަނިކުފާނު ވަނީ މިއަހަރު ތައިރޮއިޑްގެ ސާޖަރީއެއް ސިންގަޕޫރުން ކުރައްވާފައެވެ. އެދަތުރުފުޅަށްފަހު އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަންނަވާ މިއީ ފުރަތަމަ ފަހަރެވެ.

