ޚަބަރު އަންނަ ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ޓިކެޓްގައި ޖާބިރު ވާދަކުރާނެކަން އިޢުލާންކޮށްފި

އަންނަ ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ޓިކެޓްގައި ޖާބިރު ވާދަކުރާނެކަން އިޢުލާންކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ފަރާތުން ވާދަކުރަން ނިންމައި، އެޕާޓީން ވާދަކުރާ ކެނޑިޑޭޓަކީ ކާށިދޫ ދާއިރާގެ މެމްބަރު، އަދި އެޕާޓީގެ ވަގުތީ ލީޑަރު ޖާބިރުކަމަށް ނިންމައިފިއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީން ކުރިމަތިލާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ޕާޓީގެ ހާއްސަ ކައުންސިލް ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ރިޔާސީ އިންތިހާބުގެ ޓިކެޓު ޖާބިރަށް ދޭން ކަނޑައަޅާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖާބިރު މީގެ ކުރިން ވެސް ވަނީ އޭނާ ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމަށް ވިދާޅުވެފައެ. އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ބަޔަކު ވާދަކުރާ އެއް އިންތިހާބަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި، ޖާބިރާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ. އަދި، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވެސް ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައެވެ. ރައީސް މުހައްމަދު ނަޝީދުވެސް ރިޔާސީ ރޭހަށް ނުކުތުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވެއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވަމުންދާއިރު، އެންމެބޮޑު ވާދަވެރިކަމެއް އޮތީ އިދިކޮޅު ޕީޕީއެމްއާއި، އެމްޑީއާއި މެދުގައެވެ. ސަރުކާރުން މިހާރު އޮތް ކޯލިޝަނާއިއެކުގައި އިންތިޚާބުގައި ވަދަކުރި ކަމުގައި ވީނަމަވެސް އިންތިޚާބު ކާމިޔާބު ކުރުމަކީ ސަރުކާރު ކޯލިޝަނަށް ފަސޭހަ ކަމަކަށް ނުވާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޓެގް

ޖާބިރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.