ޚަބަރު

އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ މިސަރުކާރުގައި އެމީހެއްގެ ރޭންކިންގ ހައިވާކަމެއް – އަލީ ރަމީޒް

އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ މިސަރުކާރުގައި އެމީހެއްގެ ރޭންކިންގ ހައި ވާކަމެއްކަމުގައި އިސްލާމްދީނުގެ ދައުވަތު ފެތުރުމުގައި ފުޅާދާއިރާއެއްގައި އިސްވެ ޙަރަކާތްތެރިވަމުން އަންނަ އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު އެޓްވީޓްކުރައްވާފައިވަނީ މިއަދު އެންވަޔަރަމެންޓް މިނިސްޓަރުކަމަށް އައްޔަން ކުރެވުނު ޝައުނާގެ ފޮޓޯ އެޓޭޗްކުރައްވާފައެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަޤާމުގައި ހުންނެވި އައިމިނަތު ޝައުނާ، މިއަދު ވަނީ އެންވަޔަރްމެންޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފައެވެ.

މިއީ ޝައުނާއަށް ކެބިނެޓުން ޖާގަ ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެކަަމަނާއަށް މަޤާމު ލިބިވަޑައިގަތުމާއެކު، މީގެ ކުރިން އިސްލާމް ދީނަށް ފުރައްސާރަކޮށް، މީސްމީޑިއާގައި ލިޔެފައިވާ ބައެއް ޕޯސްޓްތައް އަންނަނީ ދައުރުކުރަމުންނެވެ.

އެގޮތުން އަލީ ރަމީޒު ޓްވިޓަރގައި ހިއްސާކުރައްވާފައިވާ ސްކްރީންޝޮޓްގައި ޝައުނާ ވަނީ ޚުތުބާއަށް ފާޅުގައި ފުރައްސާރަކޮށް، އެބަސް “ހޮޓްބަރ”ގެ ގޮތުގައި ލިޔެފައެވެ.

އަދި ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސެކްރެޓަރީ ސަބްރާ ނޫރައްދީންވެސް ވަނީ އެފަދަ މޭރުމަކުން ޚުތުބާއަށް ހަޖޫ ޖައްސަވައިފައެވެ.

މި ސްކްރީންޝޮޓްތައް ހިއްސާ ކުރައްވައި އަލީ ރަމީޒު ވިދާޅުވީ، މި ސަރުކާރުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާނަމަ، އެމީހެއްގެ ރޭންކް “ހައި”ވާނެ ކަަަމަށެވެ.

ޝައުނާއަށް މިއަދު އެންވަޔަރްމަންޓް މިނިސްޓަރުކަން ދެއްވީ، އެ ވުޒާރާގެ މަސްއޫލިއްޔަތުތައް އިތުރުކޮށް، ނަމަށްވެސް ބަދަލު ގެނައުމަށް ފަހުގައެވެ. އެންވަޔަރްމެންޓް މިނިސްޓްރީގެ ނަން ބަދަލުކުރީ މިނިސްޓްރީ އޮފް އެންވަޔަރްމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށެވެ. 

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close