ސަރުކާރުގެ ވުޒާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތަފްޞީލު ރައްޔިތުންނާ ޙިއްޞާކޮށް، އާންމުންގެ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް ބާއްވާ "އަހާ" ފޯރަމްގެ ނުވަވަނަ ބައްދަލުވުން މިރޭ 9:00 ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ ސިލްސިލާ ޕްރޮގްރާމެކެވެ.
ދެ ގަޑިއިރުގެ ވަގުތަކަށް ސީދާ ވަގުތުން ދުރަށް ފޮނުވާ މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއާއި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ އިތުރުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.
މި ބައްދަލުވުމުގައި ފޯރަމް އޮންނަ ތަނަށް ޙާޟިރުވެގެން ސީދާ ސުވާލުކުރުމުގެ ފުރުޞަތުގެ އިތުރުން، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް އޮންލައިންކޮށްވެސް ވަޒީރުންނާ ސުވާލު ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން 2024 ވަނަ އަހަރު މި ފޯރަމް ތަޢާރަފުކުރި ފަހުން މިހާތަނަށް އަށް ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. ވަޒީރުންނާ ސުވާލުކުރާ "އަހާ" ފޯރަމްގެ އިތުރުން، ސީދާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް ޚިޔާލު ފާޅުކުރުމަށް "ރައްޔިތުންގެ އަޑު" ގެ ނަމުގައިވެސް ޚާއްޞަ ސިލްސިލާއެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...