ޚަބަރު

މަޖަލަކަށްވެސް ނަބިއްޔާއަށް ފުރައްސާރައެއް ނުކުރެވޭނެ، ފިޔަވަޅު އަޅަންޖެހޭ – ޑރ. ޢިޔާޟް

މައިކް ޓެސްޓު ކުރަން ވިޔަސް، މަޖަލަކަށްވެސް ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށާއި އެއީ ބޮޑުވެގެންވާ ޙަރާމް ކަމެއް ކަމަށް ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުލް ލަޠީފު ވިދާޅުވެއްޖެއެވެ. އަދި  އެކަން ކުރި  ފަރާތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭނެކަމަށް ގޮވާލާ ޑރ. ޢިޔާޟު ވަނީ ޓްވިޓް ކުރައްވާފައެވެ.

މީގެ އިތުރުން ޑރ. ޢިޔާޟް ވިދާޅުވީ މަޖްލިސް މެމްބަރަކާ ދިމާލަށް އެއްޗެއް ބުނި ޓީޗަރ އަކު ވަޒީފާއިން ވަކިކުރިކަމަށާއި ވީއިރު, ލޮބުވެތި ނަބިއްޔާ ﷺ އަށް ފުރައްސާރަކޮށް ލަވަކީ ޓީޗަރ ވަގުތުން ވަގުތަށް ވަޒީފާ އިން ވަކި ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ސަމާސާ ކުރެވޭ ކަންތަކާއި ނުކުރެވޭ ކަންތައް ހުންނާނެ ކަމަށާއި  މިއީ ސަމާސާ ކުރެވޭ ކަހަލަ ކަމެއް ނޫން ކަމަށެވެ.

ޑރ. ޢިޔާޟް މިފަދައިން ގޮވާލާފައި މިވަނީ، އިއްޔެ ފޯކައިދޫ ސްކޫލުގައި ކުރިޔަށް ދިޔަ މަދަޙަ މުބާރާތެއްގެ ތެރެއިން މައިކް ޓެސްޓް ކުރަން އުޅުމުގެ ނަމުގައި އެރަށު ސްކޫލުގެ ޓީޗަރަކު މަދަޙައެއްގެ އެއްބައި ކިޔުމަށްފަހު އަނެއްބައި ކިޔުމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަ ކުރާގޮތަށް ކިޔުމުގެ ސަބަބުންނެވެ. އަދި އެވަގުތު ހޯލުގައި ތިބި ކުދިން އެ ޓީޗަރާއި ބައިވެރިވެ ހީ ސަކަރާތްޖެހި ކަމަށްވެސް ނޫސްތަކުގައި ރިޕޯރޓުކޮށްފައިވެއެވެ.

ޓީޗަރުގެ ދިފާޢުގައި ނުކުމެ، ސްކޫލުގެ ޕްރިންސިޕަލް ބުނެފައިވަނީ، އެއީ ނުބައި ނިޔަތެއްގައި ކުރި ކަމެއް ނޫންކަމަށާއި އެއީ މައިކް ޓެސްޓް ކުރީ ކަމަށެވެ. އަދި އެއީ ވަރަށް މަޖާ ޓީޗަރެއްކަމަށާއި އޭނާ އަބަދުވެސް އެކަހަލަ ސަކަރާތްޖަހާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close