ޚަބަރު ސަރުކާރުގެ ސިޔާސަތަކީ އެންމެނަށް ހިލޭ ވެކްސިން ދިނުން – ރައީސް

ސަރުކާރުގެ ސިޔާސަތަކީ އެންމެނަށް ހިލޭ ވެކްސިން ދިނުން – ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ދިވެހި ރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް ހިލޭ ކޯވިޑް-19ގެ ވެކްސިން ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ލ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ރައްޔިތުންނާއި ދެެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 އިން ސަލާމަތްވުމަށް ދުނިޔޭގެ ހުރިހާ ގައުމެއް ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން އެ ބައްޔަށް ވެކްސިނެއް ހޯދުމުގެ އެންމެފަހުގެ މަރުހަލާތައް ނިމި އެ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ގިނަ ގައުމުތަކުގައި ކުރަމުންދާ ކަމަށެވެ.

ކޯވިޑް-19ގެ ވެކްސިނެއް ތައްޔާރުވާންވާއިރަށް، ރާއްޖޭގައި ވެކްސިން ޖެހުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާކަން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެކަމަށް ޚާއްސަ ނެޝެނަލް ސްޓިއަރިންގ ކޮމެޓީއެއް އެކުލަވާލާ، ވެކްސިން ރައްކާކޮށް ބަަހައްޓާނެ ވަޞީލަތްތައް ޤާއިމުކުރުމާއި، ޤައުމުތަކުގެ މެދުގައި ވެކްސިން ބެހުމަށް އެކުލަވާލާފައިވާ “ކޮވެކްސް ފެސިލިޓީ”ގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަން އެ ސެންޓަރުން ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19އަށް ވެކްސިނެއް ތައްޔާރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރާ މަސައްކަތުގެ ތެރެއިން، ޞިއްޙީގޮތުން ރައްކާތެރި، އަދި ވެކްސިން ޖެހުމުން ބަލިން ރައްކާތެރިކަން ފޯރުކޮށްދޭކަން ޔަޤީންކުރެވިފައިވާ 4 ވެކްސިނެއް މިހާރު ފާހަގަކުރެވިފައިވާކަން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19ގެ ސަބަބުން ދިވެހި ރައްޔިތުންނަށް ދިމާވަމުންދާ އިޖްތިމާޢީ އަދި އިޤްތިޞާދީ ދަތިތަކުން އަރައިގަނެ ރައްޔިތުންނަށް ދަތި ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ޓެގް

ކޮވިޑް-19 ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.