ކުޅިވަރު

ހޯޒޭ މޮރީނިއޯ ގެ އިލްތިމާސްއެއް އަންޗެލޯޓީ އަށް

ދުނިޔޭގައި އެންމެ ނަން މަޝްޙޫރު އެއް ޓީމުކަމަށްވާ ސްޕެއިނުގެ ރެއާލްގެ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށް ބްރެޒިލްގެ ގައުމީ ޓީމާއި ހަވާލުވުމަށް ނިންމާފައި ވަނިކޮށް އެކަން އެގޮތަށް ނުކުރުމަށް އެދި ހޯޒޭ މޮރީނިއޯ ، އަންޗެލޮޓީ އަށް އިލްތިމާސްކޮށްފިއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ލީގުތައް ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގައި ކާމިޔާބު ހޯދި މޮރިނިއޯ ވަނީ 2010-2013 އަށް ރެއާލްގައި މަސައްކަތް ކޮށްފަ އެވެ. ޖޫން 2013 ގައި އޭނާ ރެއާލް ދޫކޮށްލީ އޭރު އޭނާ އާއެކު ހެދި ކޮންޓްރެކްޓް ހަމަވާން ބާކީ ތިން އަހަރު އޮއްވަ އެވެ.

މޮރީނިއޯގެ އެނިންމުމާއި މެދު މިއަދު އޭނާ ބުނަނީ އެދުވަހުގެ އެ ނިންމުމަކީ އޭނާއަށް ނިންމުނު މޮޔަ ނިންމުމެއް ކަމުގައެވެ. ” މެޑްރިޑުން އެ މީހަކު ބަހައްޓަން ބޭނުންވާއިރު މެޑްރިޑް ދޫކޮށްދަނީ މޮޔަ މީހެއް. އަދި އެ މޮޔަ މީހަކީ އަހަރެން. ހަމައެކަނި އަހަރެން. އަހަރެން އެ ތަނުގައި ހޭދަކުރި ތިން އަހަރު ފަހުން ރައީސް [ޕެރޭޒް] އާއި [ސީއީއޯ] ހޯސޭ އެންޖެލް ސަންޗޭޒް ބޭނުންވީ އަހަރެން އެ ކްލަބްގައި ކުރިއަށް ދާން، އެ މީހުން ވަރަށް ވަރަށް ވަރަށް ބޮޑަށް ބޭނުންވި،” ތަފްޞީލް ދެމުން އިޓަލީގެ ރައި ސްޕޯޓްސް އަށް ދިން އިންޓަވިއު އެއްގައި   މޮރީނިއޯ ބުންޏެވެ.

މިވަގުތު އިޓަލީގެ ކުލަބު ރޯމާގެ ކޯޗަކަށް ހުރި މޮރީނިއޯ ބުނީ އޭނާ ރޯމާގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި އެކުގައި މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ރޯމާގައި އޮތުމަކީ އޭނާ އެންމެ ހިތްހަމަޖެހޭ ކަންތައް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ހޯޒޭ މޮރީނިއޯ އިތުރަށް ފާހަގަ ކުރިގޮތުގައި ކާލޯ އަންޗެލޮޓީއަށް އެންމެކަމުދާ ޓީމަކީ ރިއާލް ކަމަށާއި އޭނާގެ އުންމީދަކީ  ރިއާލްގެ ރައީސް ފްލޮރެންޓީނޯ ކުޑަވެސް އިޝާރާތެއް ލިބިއްޖެ ނަމަ ކާލޯ އަންޗެލޮޓީ ރިއަލްގައި މަޑުކުރުން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close