ވޯލްޑް ކަޕްގައި ސްޕެއިން މިހާތަނަށް ހޯދި އެންމެ ބޮޑު މޮޅާއެކު ކޮސްޓަރިކާ ލަދު ގަންނަވާލައިފި
ސްޕެއިން އާއި ކޮސްޓަރިކާ، ފީފާ ވޯލްޑް ކަޕް 2022 މުބާރާތުގައި އެދެޓީމްގެވެސް ފުރަތަމަ މެޗުގައި ސްޕެއިން ކޮސްޓަރިކާ އަތުން 7-0 އިން މޮޅުވެއްޖެ އެވެ.
2010 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ސްޕެއިން ވަނީ މިނަތީޖާއާއި އެކު ވޯލްޑް ކަޕެއްގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދާފައެވެ.
ފީފާ ވޯލްޑް ކަޕް 2022 އަށް ސްޕެއިންގެ ޓީމް ފައްކާކޮށްދިން ހެޑްކޯޗް ލުއިސް އެންރީކޭ ބެލުމުގެ ދަށުން އަދި މިހާތަނަށް މި މުބާރާތުގައި ފެނުނު އެންމެ ތަފާތުބޮޑު ނަތީޖާ ދެއްކި މެޗުގެ 11 ވަނަ މިނެޓުގައި ގާވީ ދިން ރީތި ޕާހަކުން ސްޕެއިން އަށް ލީޑު ނަގައިދިނީ ޑާނީ އޮލްމޯ އެވެ. އޭގެ 11 މިނެޓް ފަހުން މާކޯ އަސެންސިއޯ ފުރަތަމަ ފަހަރަށް ފޮނުވާލި ހަމަލާއަކުން ލީޑު ދެގުނައަށް އިތުރުކޮށްދިނުމުގެ ކުރިން ފެރާން ޓޮރޭސް ޖެހި ޕެނަލްޓީއަކުން މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-0 އިންނެވެ.
ފުރަތަމަ ހާފުގައި އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސްޕެއިން އިން ވަނީ މެޗްގެ ކޮންޓްރޯލް ނަގައި ރީތި ޕާސްތަކަކާއެކު މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ފީފާގެ ސްޓެޓިސްކްސް ދައްކާގޮތުން ކޮސްޓަރިކާ އަށް ފުރަތަމަ ހާފްގައި 73 ޕާސްފުރިހަމަ ކުރެވުނުއިރު، ސްޕެއިންއިންވަނީ 537 ޕާސް ޖަހައި ފައެވެ. އެހެންކަމުން ފީފާގެ ހިސާބުތަކުން ދައްކާގޮތުގައި ސްޕެއިން ވެގެން މިދިޔައީ 1966 ވަނަ އަހަރަށް ފަހު ފީފާ ވޯލްޑް ކަޕް މެޗެއްގެ ފުރަތަމަ ހާފުގައި 500 ޕާސް ފުރިހަމަކުރި ފުރަތަމަ ޓީމަށެވެ.
މި މެޗުގައި ގާވީ އާއި ޕެޑްރީ ވެސް ކުޅެން ނުކުތުމާއެކު ސްޕެއިން ވެގެން ދިޔައީ 1962 ވަނަ އަހަރު ބަލްގޭރިއާ (ޖެޗެވް އަދި ސޮކޮލޮވް) އިން އިންގްލެންޑާ ދެކޮޅަށް ކުޅުނު ފަހުން ވޯލްޑް ކަޕް މެޗެއްގައި ފުރަތަމަ އެގާރައިގައި ދެ ފުރާވަރުގެ ކުޅުންތެރިންގެ ނަން ހޯދި ޔޫރަޕްގެ ފުރަތަމަ ޓީމަށެވެ. ޢުމުރުން އެންމެ 18 އަހަރާއި 110 ދުވަސް ވި ޒުވާން ގަވީ މިވަނީ ސްޕެއިންގެ ފުޓްބޯޅަ ޓީމުގެ ތާރީހުގައި ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގައި ސްޕެއިންއަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދައިފިއެވެ.


