ސިޔާސީ ވަޢުދާއި އެއްގޮތަށް އަންނަ އަހަރުން ފެށިގެން ހައްޖަށް މީހުން ފޮނުވަން ފަށަނީ

ވަޢުދާއި އެއްގޮތަށް އަންނަ އަހަރުން ފެށިގެން ހައްޖަށް މީހުން ފޮނުވަން ފަށަނީ

ވަޢުދާއި އެއްގޮތަށް އަންނަ އަހަރުން ފެށިގެން ހައްޖަށް މީހުން ފޮނުވަން ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލް ޖުމުހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެގެން ކެމްޕެއިނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް، ދައުލަތުގެ ޚަރަދުގައި އަންނަ އަހަރު މީހުން ހައްޖަށް ފޮނުވަން ފަށާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ވެރިކަމަށް ވަޑައިގަންނަވަން ވެގެން ކެންޕެއިން ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައިވަނީ ވެރިކަމުގެ ފަސް އަހަރުތެރޭގައި ދައުލަތުގެ އެހީގައި 1000 މީހުން ހައްޖަށް ފޮނުންވައި ދެއްވާނެކަމަށެވެ. ޑރ. މުއިއްޒު މި ފަދައިން ވައުދުވެ ވަޑައިގެންފައިވަނީ މ.އަތޮޅު މުލަކުގައި ބޭއްވުނު ކެމްޕެއިން ޖަލްސާޢެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ އެ ވައުދުގައި އިތުރަށް ފާހަގަ ކުރެއްވީ އެގޮތަށް ހައްޖަށް ފޮނުވުމުގައި އަމިއްލަ ފައިސާއިން ހައްޖަށް ދިއުމަށް ނުކުޅެދިފައިވާ ނިކަމެތިންނަށް އިސްކަން ދެއްވާނެ ކަމަށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިކަންތަކާއި ގުޅިގެން މިއަދު ކުރެއްވި އެކުސްއެއްގައި ވިދާޅުވީ އަންނަ އަހަރު ދައުލަތުގެ އެހީގައި ހައްޖަށް ފޮނުވާ ފުރަތަމަ ބެޗު ފޮނުވާން ހަމަ ޖެހިފައިވާއިރު ކޯޓާގެ ރަސްމީ އަދަދު ހަމަޖެހުމުން ފޮނުވާނެ އަދަދެއް އިއުލާނު ކުރައްވާނެ ކަމަށެވެ.

ޓެގް

ޑރ.މުއިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.