ޚަބަރު ދޮންބަންޑާރައިންގެ ހުޝިޔާރުކަމާއި ވަޠަންގެ މައްޗަށް އޮތް ކުލުނު ތާއަބަދަށް ދެމިއޮންނާނެ: ރައީސް

ދޮންބަންޑާރައިންގެ ހުޝިޔާރުކަމާއި ވަޠަންގެ މައްޗަށް އޮތް ކުލުނު ތާއަބަދަށް ދެމިއޮންނާނެ: ރައީސް

ދޮންބަންޑާރައިންގެ ހުޝިޔާރުކަމާއި ވަޠަންގެ މައްޗަށް އޮތް ކުލުނު ތާއަބަދަށް ދެމިއޮންނާނެ: ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދޮންބަންޑާރައިންގެ ޙިކްމަތާއި ހުޝިޔާރުކަން އަދިވެސް ދިވެހި ފަސްގަނޑުގައި ދިރިދިރި އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖެ ހޮޅީންގެ އަޅުވެތިކަމުން މިންޖުކުރެއްވި ފަޚުރުވެރި ހުރަވީ ދުވަހުގެ 281 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ހޮޅީންގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރެއްވީ ހިތްވަރު ގަދަ ޤައުމީ ޖިހާދަކުން ކަމަށެވެ. މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ޤައުމަށް ގެނައި ކަމަށް ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

މި މަތިވެރި ޤުރުބާނީއާއި ޤައުމީ ރޫޙަށް ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި، މިނިވަންކަމާއި ފާގަތިކަމުގައި ދިވެހިރާއްޖެ އަބަދުމެ ލެހެއްޓެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.

ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.

ޓެގް

ހުރަވީދުވަސް ޑރ.މުއިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.