ވޯލްޑްކަޕް-22 ވޯލްޑްކަޕް 2022: ފައިނަލިސްޓް ކޮރޮއޭޝިޔާއަށް މޮރޮކޯ ބައްޔެއް ނުކުރެވުނު

ވޯލްޑްކަޕް 2022: ފައިނަލިސްޓް ކޮރޮއޭޝިޔާއަށް މޮރޮކޯ ބައްޔެއް ނުކުރެވުނު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގަތަރުގައި މިހާރު ހިނގަމުންދާ ފީފާ ވޯލްޑްކަޕް 2022 ގެ ގްރޫޕް އެފްގައި މިއަދު ކުޅެވުނު މޮރޮކޯއާއި ކްރޮއޭޝިޔާ މެޗްގައި މޮރޮކޯއިން ކުރި ހިތްވަރުގެ މައްޗަށް ވޯލްޑްކަޕްގެ ކުރީގެ ފައިނަލިސްޓް ކޮރޮއޭޝިއާއަކަށް މޮޅެއް ނުވެވުނެވެ.

2018 ވަނަ އަހަރު ރަޝިޔާގައި ކުޅުނު ވޯލްޑްކަޕްގެ ފައިނަލްގައި ކުޅުނު ކޮރެއޭޝިޔާއަށް މިއަދުގެ މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް މޮރޮކޯގެ ގޯލަށް ނުރައްކާވާ ފަދަ ޗާންސްތަކެއް އުފެއްދިފައެއް ނުވެއެވެ. އަދި މިއީ ކްރޯއޭޝިޔާއިން އެންމެ ފަހުން ކުޅުނު 12 ވޯލްޑްކަޕް މެޗުގައި ލަނޑެއް ނުޖެހުނު ފުރަތަމަ ފަހަރެވެ.

ބަދަލުގައި މޮރޮކޯގެ ފަރާތުން ފެނިފައިވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެކެވެ. އަދި މެޗުގައި ގިނަ ހަމަލާތައް އުފައްދާ ގޯލާ ދިމާލަށް ޝޫޓް ކުރީ ވެސް މޮރޮކޯއިންނެވެ.

ގްރޫޕް އެފްގެ މި މެޗު ނިމުނީ 0-0 އަކުން އެއްވަރުވެގެންނެވެ. މިއީ މިމުބާރާތުގައި 0-0 ގެ ސްކޯލައިނުން އެއްވަރުވީ ތިން ވަނަ މެޗެވެ.

މި މެޗުން އެއްވަރުވުމުން ދެ ޓީމަށް ވެސް ޕޮއިންޓެއް ލިބުނު އިރު މި ގްރޫޕްގެ ދެވަނަ މެޗު އޮތީ މިރޭ ދަންވަރު 12 ޖަހާ އިރުއެވެ. އެމެޗުގައި ވާދަކުރާނީ ބެލްޖިއަމް އަދި ކެނެޑާއެވެ.

މިއަދު ދެން އޮތީ ހަވީރު 6 ޖަހާ އިރު ޖާމަނީއާއި ޖަޕާނު ކުޅޭ މެޗެވެ. އެއަށް ފަހު 9 ޖަހާ އިރު ސްޕެއިންއިން ނިކުންނާނީ ކޮސްޓާރީކާއާ ދެކޮޅަށެވެ.

ޓެގް

ވޯލްޑްކަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.