ޚަބަރު

ސްރީލަންކާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ފެނިއްޖެ

ސްރީލަންކާގައި ގެއްލިގެން ހޯދަމުންދިޔަަ ދިވެހި މީހާ ފެނިއްޖެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ގޮސްފައިވަނީ އެ ގައުމަށް ބޭސްފަރުވާ އަށް ގޮސް އުޅުނު އިބްރާހިމް އަލީ ކިޔާ 62 އަހަރުގެ މީހެކެވެ. އޭނާ ގެއްލުނީ އީދު ދުވަހު އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އެމީހާ ފެނުނުއިރު އޮތީ ފަރުވާ ހޯދުމަށް ލަންކާގެ ވެރިރަށް ކޮލަމްބޯގެ ހޮސްޕިޓަލެއްގައި ކަމަށާއި އެމީހާގެ އާއިލާއާ މިހާރު ގުޅިފައިވާ ކަމަށެވެ.

އެމީހާ ގެއްލުނު ދުވަހުން ފެށިގެން މިހާތަނަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close