ޚަބަރު

ޓެޓޫ ޖަހާފަ ހުރި މީހަކު ކުރާ ނަމާދު ޞައްޙަ ވާނެ ހެއްޔެވެ؟

ސުވާލު: ޓެޓޫ ޖަހާފަ ހުރި މީހަކު ކުރާ ވުޟޫ އާއި ކުރާ ނަމާދު ޞައްޙަ ވާނެ ހެއްޔެވެ؟

ވުޟޫގެ ގުނަވަނެއްގައި (ވުޟޫކުރާ އިރު ދޮންނަން ޖެހޭ ގުނަވަނެއްގައި) ޓެޓޫ ޖަހާފައިވާ މީހާ އޭނާ އެ ޓެޓޫ ފިލުވައިނުލެވުނު ނަމަވެސް ވުޟޫކޮށް ނަމާދުވެސް ކުރަންޖެހޭނެއެވެ.

އަދި އޭނާގެ ވުޟޫވެސް ޞައްޙަވާނެއެވެ. އަދި އޭނާގެ ނަމާދުވެސް ޞައްޙަވާނެއެވެ. އަދި ޓެޓޫ ޖެހުމުން އޭނާގެ މައްޗަށް އައި ލަޢުނަތް އޭނާ ތައުބާވުމާއެކު އެ ލަޢުނަތް ކެނޑިގެންދާނެއެވެ.

އެހެންކަމުން، ޓެޓޫއެއް ޖަހާފައިވާ މީހަކުވެސް، އޭނާގެ ގައިގައި ޓެޓޫއެއް ހުއްޓޭ ކިޔާފައި، ވުޟޫނުކޮށް، ނަމާދުނުކޮށް ހުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.

އަދި ކިޔެއްތަ އޭނާގެ މައްޗަށްވަނީ ތައުބާވެ، އެ ޓެޓޫ ފިލުވައިލުމެވެ. އަދި ފިލުވައި ނުލެވޭނަމަ، އޭނާގެ ވުޟޫއާއި ނަމާދު އޭގެ ސަބަބުން ބާޠިލުވެގެންނެއް ނުދާނެއެވެ.

އެހެންކަމުން އަޅުކަންކުރުމުގައި ޓެޓޫ ޢުޛުރަކަށް ނުހަދާށެވެ. ﷲ ތަޢާލާއީ ގިނަގިނައިން ފާފަ ފުއްސަވާ ތައުބާ ޤަބޫލުކުރައްވާ އިލާހެވެ.

ޖަވާބު ދެއްވީ: އައްޝެއިޚް މުޙައްމަދު ޝާފިޢު

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close