ޚަބަރު ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރި ޝަމާހުގެ ކޮރަޕްޝަން މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރި ޝަމާހުގެ ކޮރަޕްޝަން މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރި ޝަމާހުގެ ކޮރަޕްޝަން މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ކުއްލި ގޮތަކަށް ވަކިކުރި އަހުމަދު ޝަމާހު ރަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ. އޭސީސީން މި މައްސަލަ ލިބިފައިވާކަން ކަށަވަރުކޮށްދިން ނަމަވެސް، މައްސަލައިގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. ޝަމާހު މަގާމުން ވަކިކުރުމާ ގުޅިގެން ސްޓެލްކޯ ހިންގުން މިހާރު ވަނީ ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ހަވާލުކޮށްފައެވެ.

މި ބަދަލާއެކު ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް އަޒުހަދު ރަމީޒު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ޝަމާހު މަގާމުން ވަކިކުރި ފަހުން، އޭނާ ކުންފުނީގެ ތެރެއިން ނާޖާއިޒު ފައިދާ ނަގާކަމަށް ބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ލީކުވެފައެވެ. ނަމަވެސް ޝަމާހު ވަނީ އެއީ އޭނާގެ އަޑު ނޫން ކަމަށާއި، އެއީ އޭނާ ފްރޭމްކުރުމަށް ބަޔަކު ކުރި ކަމެއް ކަމަށް ވިދާޅުވެ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

ޝަމާހު މީގެ ކުރިން މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވިއިރު ވެސް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވި ސަސްޕެންޑް ކުރެވުނެވެ. ސްޓެލްކޯގެ މަގާމަށް އޭނާ އައްޔަނުކުރީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށެވެ. މިހާރު ސްޓެލްކޯގެ ޕްރޮކިއުމަންޓްގެ ކަންކަން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ބިއުރޯ ހެޑް އަސްފާ ހުސައިންއާއެވެ.

ޓެގް

އޭސީސީ ސްޓެލްކޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.