ޚަބަރު ޕާކިސްތާނާއެކު އޮތް ގުޅުމުގެ އައު ބާބެއް ހުޅުވި، ވަރުގަދަ ބިންގަލެއް އެޅިއްޖެ: ރައީސް މުޢިއްޒު

ޕާކިސްތާނާއެކު އޮތް ގުޅުމުގެ އައު ބާބެއް ހުޅުވި، ވަރުގަދަ ބިންގަލެއް އެޅިއްޖެ: ރައީސް މުޢިއްޒު

ޕާކިސްތާނާއެކު އޮތް ގުޅުމުގެ އައު ބާބެއް ހުޅުވި، ވަރުގަދަ ބިންގަލެއް އެޅިއްޖެ: ރައީސް މުޢިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމާ ދިމާކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެ ޤައުމަށް ކުރެއްވި ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފިއެވެ.

މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ވެރިއަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، މި ދަތުރުފުޅަކީ ދެ ޤައުމުގެ އެކުވެރިކަމުގެ ތާރީޚުގައި އައު ބާބެއްގެ ފެށުން ކަމަށެވެ. އަދި ދަތުރުގެ ސަބަބުން ދެ ޤައުމަށް މަންފާކުރާނެ ހަރުދަނާ އިޤްތިޞާދީ އަދި ވިޔަފާރީގެ ވަރުގަދަ ބިންގަލެއް އެޅިފައިވާ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ދެ ސަރުކާރުގެ ދެމެދުގައި 20 ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާއިރު، މިއީ ގުޅުންތައް ޢަމަލީ ގޮތުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން ބޭއްވުނު ބިޒްނަސް ފޯރަމްގެ އެހީގައި، ދެ ޤައުމުގެ ދެމެދުގައި މިހާރު ކުރެވޭ 13 މިލިއަން ޑޮލަރުގެ ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުން އެމަނިކުފާނުގެ ދެކަނބަލުންނަށާއި ވަފުދަށް އަދާކުރެއްވި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދުރުވިސްނުމާއެކު މި ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރު އުސްމިންތަކަކަށް ވާސިލުވާނެ ކަމަށެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖެ - ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.