ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ

ޑިންގީއެއްގައި މަސްހިފަން ނުކުމެ އުޅެނިކޮށް ގެއްލުނު ޒުވާނާ ފެނިއްޖެއެވެ.

އައްޑޫ ކައިރިއަށް މަސް ހިފަން ދިޔަ މީހުންގެ ތެރއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިފައި ވަނީ މިއަދު މެންދުރެއް ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔަ މީހާ މިހާރު ފެނިފައިވާ ކަމަށާއި އަދި އޭނާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު، ސާފީ މުހައްމަދު ހުސައިން ވިދާޅުވީ، އެ ޒުވާނާ އެހޮސްޕިޓަލަށް ގެނެސްފައިވަނީ 12:34 ހާއިރު ކަމަށެވެ.

އޭނާއަށް އަދިވެސް ފަރުވާ ދެމުންދާ ކަމަށް ސާފީ ވިދާޅުވިއެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނީ ސ. ހިތަދޫ، ފެހިވިނަ ތޮލާލް އަހްމަދަށެވެ.

ސ. ހިތަދޫ އިން ފުރައިގެން މަސް ހިފަން ދިޔަ ޑިންގީ އަކުން މަސް ހިފަން ފޭބި ތިން މީހުންގެ ތެރެއިން އެކަކު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު 11:32 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close