ޚަބަރު

މަނަދޫ ދާއިރާއަށް ކުރިމަތިލެއްވި މުޙައްމަދު ޙަލީމް ( އެމްއެޗް ) އަށް މާފަރު ރައްޔިތުން ހޫނުމަރުޙަބާއެއް ކިޔައިފި

ރައްޔިތުންގެ މަޖްލިސް 2019 ގެ މަނަދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް އަލްއުސްތާޛް މުޙައްމަދު ޙަލީމް ( އެމްއެޗް ) އަށް މާފަރު ރައްޔިތުން ހޫނުމަރުޙަބާއެއް ކިޔައިފިއެވެ.

ނ.މާފަރު ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މުޙައްމަދު ޙަލީމް ( އެމްއެޗް )އަށް ހޫނު މަރުޙަބާއެއް ކިޔާފައިވަނީ މިއަދު ހަވީރު އެމްޗް މާފަރަށް ވަޑައިގަތުމުންނެވެ. މާފަރުގެ ކައުންސިލްގެ ބައެއް މެމްބަރުންނާއި، ރައްޔިތުންގެ ތެރެއިން ކަމުވޮށިވެގެންވާ ބޭފުޅުންނާއި، އިސްރައްވެހިންނާއި، ކުޑަކުދިންނާއި، ޒުވާނުންވަނީ މިއަދު މާފަރު ބަނދަރަށް ނުކުމެ އެމްއެޗް އަށް މަރުޙަބާ ކިޔާފައެވެ.

ނ.އަތޮޅު ވެލިދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ މުޙައްމަދު ޙަލީމް ( އެމްއެޗް ) އަކީ ނ.އަތޮޅުގެ މަނަދޫދާއިރާ ( ލަންދޫ، މާފަރު، އަދި މަނަދޫ ) އަށް އަމިއްލަގޮތުުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވި ހަމައެކަނި ބޭފުޅާއެވެ.

މާފަރަށް އެމްއެއްޗް ވަޑައިގަތުމުން މާފަރުގައި ހަރަކާތްތެރިވާ ޓީމްއެމްއެޗްގެ ފަރާތުން ވަނީ ބަނދަރު ސަރަޙައްދުގައި ވެލްކަމް ޑްރިންކް ތައްޔާރުކޮށް ވަރަށް ފުރިހަމަ އިންތިޒާމެއް ހަމަޖައްސާފައެވެ. އަދި މާބޮޑީގެ މަރުޙަބާއިން އެމްއެޗްއަށާއި، އެމްއެޗްގެ އަރިހުގައި އެމްއެޗްގެ ޓީމްގައި މާފަރަށް ވަޑައިގެންނެވި ބޭފުޅުންނަށްވެސް ވަނީ މަރުޙަބާ ކިޔާފައެވެ.

ޓިމްއެމްއެޗް ގެ ފަރާތުން މަޢުލޫމާތު ދެއްވާގޮތުގައި މާދަމާ ހެނދުނުގެ ވަގުތެއްގައި މުޙައްމަދު ޙަލީމް ( އެމްއެޗް ) ވަނީ އެދާއިރާގެ އަނެއްރަށް ލަންދުއަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައެވެ. އަދި ލަންދޫގައި 3 ދުވަހު މަޑުކުރެއްވުމަށްފަހު ދާއިރާގެ މައިރަށް މަނަދޫއަށްވެސް އެމްއެއްޗް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މަނަދޫދާއިރާގެ 3 ރަށުގެ ތެރެއިން ކޮންމެރަށަކުންވެސް ޓީމްއެމްއެއްޗާއި، ގުޅެމުންދާ ފަރާތްތައް ދަނީ އިތުރުވަމުންކަމަށް ޓީމް އެމްއެޗްއިން މަޢުލޫމާތު ދެއްވައެވެ.

އެއް ކޮމެންޓް

  1. މާފަރު ރައްޔިތުން މިފަހަރު ތި ތިއްބެވީ ސާބިތު ކަންމަތީގައި މާފަރަށް ހެވާ ދަރުމަހޯދައިދިނުމަށްޓަކައި ޖާނުން ފިދާވާންތައްޔާރަށް އެހެންނޫންތޯ . މަނަދޫ ދާއިރާގެ ގޮނޑިއަށް ގޮތެއް ނިންމާނީ ލަންދޫ މާފަރު މިދެރަށުން ކަމުގައި ހަދައިދެއްވާ

    1. މާފަރުގެ ރައްޔިތުން މިތިބީ ޝަރުއީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހަސިލްކޮށްފައިވާ، ފަސްބައި ހުދު، ދީނާ ގައުމާ ރައްޔިތުންގެ ހައްގު އިސްކުރާނެ ފަރާތެއްކަމުގައިވާ އަލްއުސްތާޒް ހުސްނީ މުބާާާރިކް އާއެކުއެވެ.
      އެެމްއެޗް ކަހަލަ ކަރަޕްޓް މީހަކަށް ވޯޓްލާނެ މީހަކު ނުހުންނާނެ. ލަންދޫ ރައްޔިތުންވެސް މިގޮތުގައި ތިއްބަވާ. އެމްއެޗްގެ ހެޔޮފުޅުކަމުން ދެއްވާ އެއްޗެއްގަވިއްޔާ ހިފާތި.

      1. ހުސްނީ މުބާރަކުގެ ހަގީގަތް އެނގޭ މީހަކު ހިނި އަންނާނެ. ގާޒީކަން ބޭނުން ވެގެން ޔާމީން ފޫބުޑުން އުޅުނު ގޮތެއް

  2. ތީ 2007 ވަނަ އަހަރު މާފަރަށް އައި އެއަރޕޯޓް ޕްރޮޖެކްޓް ހުއްޓުވަން އުޅުނު ވެލި/ހޮޅުދޫ ބަގަ ލީޑް ކުރި ވެލިދޫ އެލްޕާސޯ އަލިބެ ކުޑޭ. ތީ މަނަދޫ ދާއިރާއަށް އެއްވެސް ލޯތްބެއް ހުރި މީހެއްނޫން. މީސް މީހުންނަށް ލާރި ދީގެން ވިޔަފާރި ކުރަން މިހާރުވެސް ދިމާކޮށްފަ އެހުރީ. ވިސްާ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close