ޚަބަރު “މިނިވަންކަމުގެ ހިނގާލުން” ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ސުލްހަވެރި ހިނގާލުމެއް ބާއްވަނީ

“މިނިވަންކަމުގެ ހިނގާލުން” ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ސުލްހަވެރި ހިނގާލުމެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

“މިނިވަންކަމުގެ ހިނގާލުން” ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ސުލްހަވެރި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

އެ ކޯލިޝަނުން ކުރިއަށް ގެންދiިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ “މިނިވަންކަމުގެ ހިނގާލުން” ގެ ނަމުގައި ބާއްވާ ސުލްހަވެރި ހިނގާލުން އޮންނާނީ މި އޮކްޓީބަރ މަހުގެ 22 ވާ ހުކުރުދުވަހު ހަވީރު 4 ޖަހާ އިރު ކަމަށެވެ.

މި ހިނގާލުން ފެށޭނީ ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނޫސްވެރިންނަށް މައޫލުމާތު ދެއްވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިއީ ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް ބޭއްވޭ މުހިންމު ހިނގާލުމެއް ކަމަށެވެ.

“މިސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާފަދަ އެތައްކަމެއް ވަނީ ކޮށްފަ. މިކަންކަމުން އަރައި ގަތުމަށް ދިވެހި ރައްޔިތުން ނިކުތުމަކީ މިއަދު ކޮންމެހެން ކުރަންވެއްޖެ ކަމެއް.” ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހިނގާލުން ބާއްވާނީ ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ކަމަށެވެ.

ޓެގް

ޕްރޮގްރެސިވްކޯލިޝާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.