ޚަބަރު ބޯހިޔާވަހިކަމުގެ ސްކީމާ ގުޅުވައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ބޯހިޔާވަހިކަމުގެ ސްކީމާ ގުޅުވައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ބޯހިޔާވަހިކަމުގެ ސްކީމާ ގުޅުވައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން އަލަށް އިޢުލާނުކުރި ބޯހިޔާވަހިކަމުގެ ސްކީމާ ގުޅުވައިގެން އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ސްކޭމް ލިންކުތަކެއް ދައުރުވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކުރި ގޮތުގައި، މިފަދަ ލިންކުތަކާއި ފޯނު ކޯލްތައް މެދުވެރިކޮށް މީހުންގެ ޒާތީ މަޢުލޫމާތާއި އޯޓީޕީ ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ވަނީ އެއްވެސް ލިންކަކަށް ނުފިއްތުމަށާއި، ސަރުކާރުގެ ރަސްމީ ގެޒެޓުގައިވާ ގޮތުގެ މަތިން އީފާސް މެދުވެރިކޮށް ހައުސިންގ ޕޯޓަލްއަށް ވަނުމަށް އިލްތިމާސްކޮށްފައެވެ. ރަސްމީ މުޢާމަލާތްތައް ހިންގުމުގައި އީމެއިލް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކުށްވެރިން އެކައުންޓުތަކަށް ވަންނަން މަސައްކަތް ކުރާކަން ފުލުހުން ފާހަގަކުރެއެވެ.

ޓެގް

ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.