ޚަބަރު ދައުރުވަމުންދާ އޯޑިއޯ ތަކަކީ އަބުރުކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކެއް – ޢަލީ ވަހީދު

ދައުރުވަމުންދާ އޯޑިއޯ ތަކަކީ އަބުރުކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކެއް – ޢަލީ ވަހީދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިނިސްޓަރ ޢަލީ ވަޙީދުއާއި ގުޅޭގޮތުން ދައުރުވަމުންދަނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެއީ އަބުރުކަތިލުމުގެ ގޮތުން ރޭވިގެން ކުރިއަށްދާ ޖަރީމާތަކެއް ކަމަށް  ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އޯޑިއާގައި އަލީ ވަހީދު ވާހަކަ ދައްކަވާ ކަމަށް ބެލެވެނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީއާއެވެ.

އެގޮތުން ހެލްތު މިނިސްޓަރު އަމީންއާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ މާސްކާއި ކެމެރާ އަދި ކަރަންޓީން ފެސިލިޓީ ގާއިމުކުރީ އޭނާ ކަމަށެވެ.

އޯޑިއޯ ލީކްކުރި މީހުން ބުނަނީ އޯޑިއޯގައި ވާހަކަ ދައްކާފައިވަނީ މިނިސްޓަރު އަލީ ވަހީދާއި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އައްސަދު ކަމަށެވެ.

ޖޭޕީއަށް ނިސްބަތްވާ އެ ދެ ބޭފުޅުންނަކީ ވަރަށް އެކުވެރި ދެ ބޭފުޅުންނެވެ.

މިކަމާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބުރުކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކަކުން އަޒުމެއް ނުގުޑާނެ ކަމަށާއި އަދި ހިތްވަރު ވެސް ބައްޔެއް ނުކުރެވޭނެ ކަމަށެވެ. އަދި ހައްގަށް އަބަދުވެސް ނަސްރު ލިބޭނެ ކަމަށްވެސް އަލީ ވަހީދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯގައި ހެލްތު މިނިސްޓަރު އަމީންއާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ މާސްކާއި ކެމެރާ އަދި ކަރަންޓީން ފެސިލިޓީ ގާއިމުކުރީ އޭނާ ކަމަށެވެ.

މިނިސްޓަރު އަމީންއަށް ނިސްބަތް ކުރައްވާ އެގޮތަށް ދެއްކެވި ވާހަކައިގައި އަލީ ވަހީދު ވަނީ ވަރަށް ހުތުރު ބަސްތައް ބޭނުން ކުރައްވާފައެވެ.

މިނިސްޓަރ ޢަލީ ވަޙީދުއަށް ނިސްބަތްވާ ގޮތަށް ސޯޝަލް މީޑިއާގައި އިތުރު ވީޑިއޯތަކެއްވެސް ދަނީ ދައުރުވަމުންނެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝާއާއި ޢަލީ ވަހީދުއާ ދެބޭފުޅުން ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯއެއްވެސް މިހާރުވަނީ ލީކް ކޮށްލާފައެވެ.

ޓެގް

އަލީ ވަހީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.