ޚަބަރު އީޔޫގެ އިސް އޮފިޝަލުންގެ ފަސްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވަނީ

އީޔޫގެ އިސް އޮފިޝަލުންގެ ފަސްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވަނީ

އީޔޫގެ އިސް އޮފިޝަލުންގެ ފަސްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ޕާލަމެންޓްގެ ފޮރިން އެފެއާޒް ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން —- ފޮޓޯ: އީޔޫ ޕާލަމެންޓް
ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ އިސް އޮފިޝަލުންގެ ފަސްވަނަ ބައްދަލުވުން ބާއްވާނީ ރާއްޖޭގައި ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

މި ބައްދަލުވުން މާދަމާ ފޮރިން މިނިސްޓަރީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފޮރިން މިނިސްޓަރީން ބުނީ މި ބައްދަލުވުން ބޭއްވުމުގެ އަމާޒަކީ ރާއްޖެ އާއި އީޔޫއާ ދެމެދު މިހާރު އޮތް އެކުވެރިކަން އިތުރަށް ވަރުގަދަކުރުން ކަމުގައެވެ.

އެ މިނިސްޓަރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއަހަރުގެ ބައްދަލުވުމުގައި ޑިމޮކްރެޓިކް އިސްލާހުތަކާއި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި، ހެޔޮވެރިކަމާއި، ޝަރުއީ ދާއިރާ އިސްލާހުތަކާއި ސަލާމަތާ ގުޅޭ ކަންކަމުގެ އިތުރަށް، އިތުރު އެއްބާރުލުން ކަނޑައެޅުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ނަތީޖާތަކަށް ވެސް ބަލާނެ ކަމަށެވެ.

މިގޮތުން މި ބައްދަލުވުމުގެ ރާއްޖޭގެ ވަފުދުގެ އިސްވެރިކަަށް ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ ހަމަޖެހިފައިވާއިރު ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ޔޫރަޕިއަން އެކްސްޓަނަލް އެކްޝަން ސާވިސްގެ އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޮލާ ޕަމްޕަލޯނީއެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، ރައީސް އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ބައިވެރިވާނެއެވެ.

އަދި އެޓާނީ ޖެނެރަލް އޮފީސް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި އެމްއެންޑީއެފް ކޯސްޓްގާޑްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވީސްގެ އިތުރުން ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުން ވެސް ބައިވެރިވާނެއެވެ.

ޓެގް

އީޔޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.