ޚަބަރު ފިލްމީ ތަރިންގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވުމަށްފަހު އެމީހުން ބަންދުން ދޫކޮށްލައިފި

ފިލްމީ ތަރިންގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވުމަށްފަހު އެމީހުން ބަންދުން ދޫކޮށްލައިފި

ފިލްމީ ތަރިންގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވުމަށްފަހު އެމީހުން ބަންދުން ދޫކޮށްލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވިލިމާލޭގެ ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަޝްހޫރު ފިލްމީ ތަރިންތަކެއްގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމަށްފަހު އެ މީހުން ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި އަތުލައިގެންފައިވަނީ ފިލްމީ ދާއިރާގައި މަޝްހޫރު ތަރިން ކަމަށްވާ އަހުމަދު އަޒްމީލް (އަޒޭ) އާއި، މުހައްމަދު ވިޝާލް (ރޯމަން) އަދި އިސްމާއިލް ޖުމައިހްގެ އިތުރުން އަޒޭގެ ކޮއްކޮ ޝާހިލް މުހައްމަދެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ތިން މީހަކު މިހާރު ދޫކޮށްލާފައިވާއިރު، ބާކީ ހުރި މީހާވެސް މިއަދުގެ ތެރޭގައި މިނިވަންކުރާނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ޝަރީއަތުގެ މަރުހަލާގައި އެމީހުން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިނަމަ އެއަށް އަމަލުކުރާނެ ކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ.

މީގެކުރިން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނެރުނު އަމުރުތަކުން އެނގޭ ގޮތުގައި، ފުލުހުން އެ ތަނަށް ވަން ވަގުތު އެ މީހުން ތިބި ކޮޓަރީގައި މަސްތުވާތަކެތި ހުރީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބަހައްޓާފައެވެ. އަދި އެތަނުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ޑްރަގް ޓްރެފިކިންގެ މިންގަނޑަށް އަރާ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް ސީދާ ބަރުދަނެއް ހާމަކޮށްފައެއް ނުވެއެވެ.

ކޯޓު ރެކޯޑުތަކަށް ބަލާއިރު، މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިސްމާއިލް ޖުމައިހް ފިޔަވައި އަނެއް ތިން މީހުން ކަމަށްވާ އަޒްމީލް، ވިޝާލް އަދި ޝާހިލް އަކީ މީގެކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދު ރެކޯޑު އޮތް ތިން މީހުންނެވެ.

ޓެގް

މަސްތުވާތަކެތި ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.