ޚަބަރު

ހެލްތް މިނިސްޓަރު ކަމަށް ކެރަފާ ނަސީމް އައްޔަން ކުރައްވައިފި

ހެލްތް މިނިސްޓަރު ކަމުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) އައްޔަން ކުރައްވައިފިއެވެ.

ހެލްތް މިނިސްޓަރަކަށް އެންމެ ފަހުން ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް މިއަދު އައްޔަން ކުރެއްވި އަހުމަދު ނަސީމް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައެވެ. އޭނާ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވީ ނަޝީދުގެ ވެރިކަމުގައެވެ.

ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ކެރަފާ ނަސީމް މި ސަރުކާރުގައި މިހާތަނަށް ހުންނެވީ، ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައެވެ.

ނަސީމަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ނަޝީދުގެ އާއީލީ ބޭފުޅެކެވެ.

ހެލްތު މިނިސްޓަރު ކަމަށް ކެރަފާ ނަސީމް އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close