ޚަބަރު

ސްޓޭޓް ފާމަސޫޓިކަލްގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ހުޅުވައިފި

ރާއްޖޭގެ ބޭހުގެ ބާޒާރު ހަރުދަނާކުރުމަށް މިދިޔަ އަހަރު އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުނީގެ ފުރަތަމަ ފާމަސީ މިއަދު އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރެވެ.

އާންމުންނަށް ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ފޯރުކޮށްދިނުމަށް ހުޅުވި މި ފާމަސީން 24 ގަޑިއިރު މެދުނުކެނޑި ހިދުމަތް ލިބޭނެއެވެ. މިތަނުން އާންމު ބޭސްތަކާއި ބޭސް ސިޓީތަކަށް ބޭސް ދޫކުރުމުގެ އިތުރުން، ރާއްޖެއިން ލިބެން ނެތް ޚާއްޞަ ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައިދިނުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ސީދާ ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭހުގެ ފެންވަރު ކަށަވަރުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ މުހިންމު ކުރިއެރުމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close