ޚަބަރު

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އިދިކޮޅުން ރޭވި ހިނގާލުމުގައި ގިނަބަޔަކު ބައިވެރިވެއްޖެ

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އިދިކޮޅުން ރޭވި ހިނގާލުމުގައި ގިނަބަޔަކު މިއަދު ބައިވެރިވެއްޖެއެވެ.

މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަންގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ، ބައިވެރި ވެފައެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި އެންމެ ގިނަ މީހުން މަގުތައް މައްޗަށް ނިކުމެ އަޑުއުފުލަމުންދިޔަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.

މި ސުލްހަވެރި ހިނގާލުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް ބޭއްވޭ މުހިންމު ހިނގާލުމެއްކަމަށާއި މިސަރުކާރުން ވެރިކަމާއި ހަވަލުވިފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާފަދަ އެތައްކަމެއް ކޮށްފައިވާއިރު، މިކަންކަމުން އަރައި ގަތުމަށް ދިވެހި ރައްޔިތުން ނިކުތުމަކީ މިއަދު ކޮންމެހެން ކުރަންވެއްޖެ ކަމެއްކަމަށް ވެސް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

ހިނގާލުން ބޭއްވީ ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ކަމަށާއި، މިއީ ސުލްހަވެރިކަމާއިއެކު ބޭއްވި ހިނގާލުމެއްކަމަށް ވެސް މެންބަރު ޝިޔާމް ފާހަގަ ކުރެއްވިއެވެ.

ގިނަ އަދަދެއްގެ ރައްޔިތުން ރަތް ކުލައިގެ ހެދުމުމުގައި މިއަދުގެ ހިނގާލުމުގައި ބައިވެރި ވެފައިވީ އިރު، އެފަރާތްތަކުން ދިޔައީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އަޑުއުފުލަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close