ޚަބަރު އެޑްމިޓްކޮށްފައި އޮތް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށި ސިޓީ މޮނިޓަރިންނަށް ލައިފި

އެޑްމިޓްކޮށްފައި އޮތް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށި ސިޓީ މޮނިޓަރިންނަށް ލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުޅުދުއްފުށި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ދުވަސްވީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ސިޓީ މޮނިޓަރިންނަށް ލައިފިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އިން ރޭ ވިދާޅުވީ، އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް ބަލިމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުވުމާއި ގުޅިގެން ކުޅުދުއްފުށި ސިޓީ މޮނިޓަރިން ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ޕޮޒިޓިވުވި މީހަކީ ޅ. އަތޮޅު ހޮސްޕިޓަލުން ރެފަރ ކުރި ބަލިމީހެއް ކަމަށާއި މި ބަލިމީހާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ޅ. އަތޮޅު ހޮސްޕިޓަލް ހުންނަ ނައިފަރުންވެސް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހަކު މިމަހުގެ 23 ވަނަ ދުވަހު ފެނުމާއި ގުޅިގެން އެރަށްވެސްވަނީ އެތާރީހުން ފެށިގެން މޮނިޓަރިންގެ ހާލަތައް ގެނެވިފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވަނީ ނައިފަރުން ޕޮޒިޓިވްވި މީހާ ކައިރީގައި އެޑްމިޓްކޮށްފައިވާ ބަލި މީހެކެވެ.

މިދުވަސްވަރަކީ އަތޮޅުތެރޭ ރައްތަކުން ގިނަ އަދަދަކަށް ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުން ފެއްނަމުންދާ ދުވަސްވަރެކެވެ. މިގޮތުން މިހާތަނަށް ކުޅުދުއްފުށި ސިޓީ ހިމެނޭގޮތުން ޖުމްލަ 13 ރަށެއްވަނީ މޮނިޓަރިންނަށް ލައިފައެވެ.

ޓެގް

ކޮވިޑް-19 ކުޅުދުއްފުށި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.